ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް ހޯދުމަށް

ނަންބަރު: 120/1/2021/19 (IUL )

އިޢުލާނު

 

ކޮންޕިޔުޓަރ ސިސްޓަމް ގަތުމަށް

      މި ޑިޕާޓްމަންޓުން ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް 10 ކޮމްޕިޔުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 2021 ފެބުރުއަރީ 23ގައި ކޮށްފައިވާ، ނަންބަރު  120/1/2021/13 (IUL)  އަށް ރަޖިސްޓްރީވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

      ވީމާ، މި ޑިޕާޓްމަންޓަށް 10 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 2021 މާރިޗު 07ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން 'ބިޑު' ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

      ބިޑު ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected]  މެއިލް ކުރެއްވުން އެދެމެވެ.

  • އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން:
  • ކުންފުނީގެ ނަން:
  • ގުޅޭނެ ފޯނު ނަންބަރު:
  • މެއިލް އެޑްރެސް:
  • މެއިލް ސަބްޖެކްޓް: ޑީ.ޕީ.އީ އަށް 10 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށް ދިނުން

 

މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާ އެއްކޮށް ހިމަނާފައިވާ ބީލަން ފޮތުގައިވާ ސެކްޝަން 7 ގެ ސްޕެސިފިކޭޝަނާ އެއްގޮތަށް
  • އިތުރު މަޢުލުމާތު ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލް ކޮށްގެން ކުރިއަށް ގެންދެވުން އެދެމެވެ.

ކޯޓޭޝަން އުޞޫލު

        މި 10 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުން ކުރަންޖެހޭ ކޯޓޭޝަން އުޞޫލު މި އިޢުލާނާއެކު ހުށަހަޅާފައިވާ ބީލަން ފޮތުގައި ވާނެއެވެ. އޭގައި މިކަމާގުޅޭ މަޢުލޫމާތުތައް އެކުލެވިފައިވާނެއެވެ. މި ޢުޞޫލު [email protected] އަށް މެއިލް ކޮށްގެން ވެސް ހޯދިދާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން

          މި 10 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ފަހު އަދި ބިޑު ޑޮކިއުމަންޓުގައިވާ އެންމެހައި ލިޔުންތައް ފުރިހަމަކޮށްގެން، ހުށަހަޅާ ފަރާތްތަކުން 2021 މާރިޗު 08 ވާ ހޯމަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓު ހިނގަމުންދާ، ހ.އަސްރަފީވިލާ 3ވަނަ ފަންގިފިލާގެ މީޓިންގ ރޫމުގައެވެ.

         އަންދާސީހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް 2021 މާރިޗު 07 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ފުރިހަމަކޮށްފައިނުވާ އަދި ރަޖިސްޓްރީވާން ކަނޑައަޅާފައިވާ ވަގުތަށްފަހު، ރަޖިސްޓްރީ ވުމަށް އެދިފައިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

      18 ރަޖަބު   1442

      02 މާރިޗު   2021

 

 

02 މާރިޗު 2021
ހޯދާ