ދިވެހިރާއްޖެ
ނަންބަރ: IUL)38-AD/38/2021/84)
އިޢުލާނު
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ވޯޓާ ގުޅިގެން މާލޭގެ 4 ސަރަޙައްދެއްގައި ބަހައްޓާ ވޯޓުލާ މަރުކަޒުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން– އެމެންޑްމެންޓް 1
މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ވޯޓާ ގުޅިގެން މާލޭގެ 4 ސަރަޙައްދެއްގައި ބަހައްޓާ ވޯޓުލާ މަރުކަޒުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް 2021 މާރޗް 01 ގައި ކުރި IUL)38-AD/38/2021/72) ނަންބަރު އިޢުލާނާ ގުޅޭ މައުލޫމާތު ކަރުދާހުގެ ސަފްހާ ނަންބަރު 4 ގައިވާ ބީލަން އިވެލުއޭޓް ކުރުމަށް ބޭނުންކުރާނެ މިންގަޑުތަކުގެ މައުލޫމާތަށް ގެނެސްފައިވާ ބަދަލު ތިރީގައި މިވަނީއެވެ.
އަގު |
|
55 މާރކްސް |
ތަޖުރިބާ |
|
15 މާރކްސް |
ކޮންސެޕްޓް ކަރުދާސް |
|
30 މާރކްސް |
ޖުމްލަ |
100 |
ބީލަން ހުޅުވުން އޮންނާނީ 2021މާރިޗު 10 ވާ ބުދަ ދުވަހުގެ 10:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.