ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1442 ވަނަ އަހަރު މިރަށުގެ މިސްކިތް ތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދާއި ދަމުނަމާދު ކުރާނެ ދިވެހި ޙާފިޡުން ހޯދުން
1442 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށުގެ ހުކުރުކުރާ މިސްކިތް ތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދާއި ދަމުނަމާދު ކުރާނެ ދިވެހި ޙާފިޡުން ހޯދަން ބޭނުންވާތީ، އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދާއި ދަމުނަމާދުކުރުމަށް ބޭނުންވާ ދިވެހި ޙާފިޡުންނަށް ފުރުސަތު ހުޅުވާލަމެވެ.
ބޭނުންވާ ޢަދަދު: |
04 |
އުޖޫރަ އެލަވަންސް އަދި އެހެނިހެން ޚިދުމަތްތައް: |
އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވާ ކޮންމެ ރެޔަކަށް -/400 (ހަތަރުސަތޭކަ) ރުފިޔާ/-ގެ މަގުން ( މީގެ އިތުރުން ރަށުން ބޭރުން ވަޑައިގަންނަވާ ޙާފިޡުންނަށް ފުޑު އެންޑު އެކަމަޑޭޝަން ހަމަޖައްސައި ދެވޭނެއެވެ. |
ޝަރުޠު: |
ޙާފިޡުކަމުގެ ސަނަދު ލިބިފައިވުން |
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
01 މާރިޗު 2021
ހޯދާ