އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ކ. ގުރައިދޫގެ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ވޯޓުފޮށްޓެއް ބެހެއްޓުމަށް ކޮމިޝަނުން ނިންމުން

ނަންބަރު:IUL)38-CA/38/2021/79)

އިޢުލާން

2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ކ. ގުރައިދޫގެ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ވޯޓުފޮށްޓެއް ބެހެއްޓުމަށް ކޮމިޝަނުން ނިންމާފައިވާތީ، މިތަނުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ކޯޑު

ވޯޓުފޮށީގެ ނަންބަރު

ކ. ގުރައިދޫ / ކުރީގެ އޮފީސް އިމާރާތް

މި ފޮށްޓަށް ވޯޓުލާނީ ކ. ގުރައިދޫގެ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ކ. ގުރައިދޫ-3

735

H9.3

 

ވީމާ، އިސްވެ ބަޔާންކުރެވިފައިވާ ތަނުގައި ވޯޓުލުމަށް ބޭނުންވާ މީހުން، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި، ރަޖިސްޓަރީ ކުރުމަށް ހުޅުވާލާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކުރުން އެދެމެވެ.

01 މާރިޗު 2021
ހޯދާ