މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

                

              

                                                     ނަންބަރ: MTCC-HRD /IU/2021/0126 

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

  މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ޓްރޭޑިންގް ޑިވިޜަން

 މަޤާމް:

  މެކޭނިކަލް އިންޖިރިއަރ

 ބޭނުންވާ އަދަދު:           

  • 01

 ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

 މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  •  19,238.5 - 20,238.5 އާއި ދެމެދު
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

 ވަޒީފާ އަދާކުރަންޖެހޭ ތަން

  • އެމްޓީސީސީ އާފްޓަރ ސޭލްސް ސާވިސް ސެންޓަރ

 ޝަރުޠު                 

  • މެކޭނިކަލް އިންޖީނިއަރިން އިން އެމް.އެން.ކިއު.އެފް 07 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • މެކޭނިކަލް އިންޖީނިއަރިން އިން އެމް.އެން.ކިއު.އެފް 05 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
  • މެކޭނިކަލް އިންޖީނިއަރިން އިން އެމް.އެން.ކިއު.އެފް 04 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ އޭލެވެލް 02 މާއްދާއިން ފާސްވެފައިވުމާއިއެކު ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
  • އިންޖީނިއަރިންގައި ބޭނުންކުރާ އާލަތްތައް ބޭނުންކުރުމުގެ ގާބިލްކަންހުރުން
  • އިންޖީން އިންސްޓޯލް ކުރުމުގެ ތަޖުރިބާ ލިބިފައިވުން
  • އެނަލިޓިކަލް ސްކީލް  އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯރޑިނޭޓް ކުރުމުމާއި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން.  

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ޑިވިޜަނަށް ބޭނުންވާ އިންޖިނިއަރިންގ މަސައްކަތްތައް ޕްލޭންކުރުމާއި، ޝެޑިއުލްކުރުމާއި، އެމަސައްކަތްތަށް ހަވާލުކޮށް ސުޕަވައިޒްކުރުން.
  • މިމަޤާމުގެ މަސްޢޫލިއްޔަތު ބަޔާންކުރާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

ލޮޖިލްޓިކަލް އޮޕަރޭޝަންސް ޑިވިޜަނަށް ބޭނުންވާ މަޤާމުތައް

މަޤާމް:

މެރިން މެކޭނިކް  (ޑްރެޑްޖް) 

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.(

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • 14,000-18,000ރ އާއި ދެމެދު
    • ކުންފުނީގެ އިތުރުގަޑީގެ ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ.
    • ސްޓާފް މެޑިކަލް އިންޝުއަރެންސް.
    • ޓަގުގައި ހުރުމާއި ކެއުން.
      • ޕެންޝަން ސްކީމް

ވަޒިފާ އަދާކުރަންޖެހޭ ތަން:

ޑޮމެސްޓިކް ޓަގުގައި

ޝަރުޠު:                 

  • ޑިޕްލޮމާ އިން މެކޭނިކަލް އިންޖިނިއަރިން ފުރިހަމަކޮށްފައިވުން ނުވަތަ
  • އިންޖީން މަރާމާތުކުރުމުގެ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
  • މަސައްކަތުގައި ގިނަވަގުތު އުޅެވޭ ފަތަންދަންނަ މީހަކު ކަމުގައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

މިމަޤާމުގެ މަސްޢޫލިއްޔަތު ބަޔާންކުރާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 06 މާރޗް 2021 ވަނަ ދުވަހުގެ 15:00 ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހެޅޭނި ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. 

ވެބްސައިޓް:  https://mtcc.mv/careers/

ފޯން: 3001100/ 3001120 / 3001149 

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

01 މާރޗް 2021

01 މާރިޗު 2021
ހޯދާ