ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ޤިރާއަތު ލެވަލް 1 އަދި އަރަބިބަހުގެ ޑިޕްލޮމާ ކޯސް ފެށުމާއިގުޅޭ

އިޢުލާން

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ގައި 2021 ވަނަ އަހަރުގެ ފުރަތަމަ  ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޤިރާއަތު ސެޓްފިކެޓް 1

 ޝަރުޠު:       

  1. ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
  2. ޢުމުރުން 16 އަހަރު ފުރިފައިވުން.
  3. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 މުއްދަތު:  8 ހަފްތާ

 ޖާގަ:    90 ޖާގަ

 

ޢަރަބި ބަހުގެ ޑިޕްލޮމާ

ޝަރުޠު:       

  1. މަރްކަޒުން ޤަބޫލު ކުރާ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެއް ފުރިހަމަ ކޮށްފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:  4 ސެމިސްޓަރ

 ޖާގަ:    30 ޖާގަ

ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު މި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) 2021 މާރިޗު 01 ވާ އާދީއްތަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2021 މާރިޗު 18 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީއާއި އައިޑީ ކާޑުގެ ކޮޕީ އާއި އެކު application@nchq.gov.mv  އަށް މެއިލް ކުރެއްވުން އެދެމެވެ. މެއިލް ކުރައްވާއިރު މެއިލްގެ ސްބަޖެކްޓްގެ ގޮތުގައި "Qirat Certificate 1”  ޖެއްސެވުން އެދެމެވެ.

މި ކޯހަށް ދަރިވަރުން ހޮވުމަށް ބާއްވާ ބަސްދީ ގަތުން އޮންނާނީ 2021 މާރިޗު 21 ން 2021 މާރިޗު 25 އާއި ދެމެދުއެވެ.

01 މާރިޗު 2021
ހޯދާ