ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މި އިދާރާއިން ބަލަހައްޓަމުންގެންދާ މަގު ބައްތިތަކުގެ ތެރެއިން ތިރީގައިވާ މަގުގައި ވަޅުލައިފައިވާ ކޭބަލް ނެގުމަށްފަހު އައު ކޭބަލް އަޅާ، ބައްތިތަކާއި ގުޅާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

  1. ދޮޅިދާންމަގު

 

         ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 2 މާރިޗު 2021 ވާ އަންގާރަ ދުވަހުން ފެށިގެން 8 މާރިޗު 2021 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން 12:00 އަށް މި ކައުންސިލަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުމަށް އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 9 މާރިޗު 2021 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި ކައުންސިލް އިދާރާގައި އޮންނާނެއެވެ.

         އަންދާސީ ހިސާބު ހުށަހެޅުން، 16 މާރިޗް 2021 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި މި އިދާރާގައި އޮންނާނެއެވެ.

 މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 9 މާރިޗު 2021 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގެ ކުރިން  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓަރކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

01 މާރިޗު 2021
ހޯދާ