މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ADA University International Fellowship - Azerbaijan

ADA University International Fellowship - Azerbaijan

 

       އަޒަރބައިޖާންގައި ހުންނަ އޭޑީއޭ ޔުނިވަރސިޓީން ހިންގުމަށް ހަމަޖެހިފައިވާ އަންޑަރގްރެޖުއޭޓް އަދި ގްރެޖުއޭޓް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި ދަންނަވަމެވެ. މި ކޯސްތަކާއިގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ ޝީޓެއް މިއިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް އަޕްލޯޑްކުރެވިފައި ވާނެއެވެ. މިފެލޯޝިޕަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ އަދި ހައުސިންގ ފީ  ފެލޯޝިޕް އިންތިޒާމްކުރައްވާ ފަރާތުން ހަމަޖައްސަވައި ދެއްވާނެއެވެ.

       

ވީމާ، މިފެލޯޝިޕްގެ ދަށުން ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ. އަދި އިތުރު މައުލޫމާތު ސާފުކުރުމަށް ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ. މިފުރުޞަތުތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 01 އޭޕްރީލް 2021 އެވެ.

 https://www.ada.edu.az/en/admissions/financial-aid

 Email: [email protected]

 ...............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

28 ފެބުރުވަރީ 2021
ހޯދާ