ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

މަޤާމު:

ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

01  ( އެކެއް)

މަޤާމުގެ ގިންތި:

ޤައުމީ އަރުޝީފުގެ ކޮންޓްރެކްޓް (ދާއިމީ)

މަޤާމުގެ ރޭންކު:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު، މާލެ، ދިވެހިރާއްޖެ.

މުސާރަ:

މަހަކު -/10000 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

އޮފީހުން ހިންގާ ޚައްސަ ޕްރޮޖެކްޓް ތަކުގައި މަސައްކަތް ކުރުން؛

  • އަރކައިވްކުރުމަށް ކުރެވޭ ޑިޖިޓަލައިޒޭޝަންގެ މަސައްކަތްކުރުމާއި އޮފީހުގެ ޕްރޮކިއުމަންޓް މަސައްކަތްކުރުމާއި މެއިންޓަނަންސް މަސައްކަތް ބެލެހެއްޓުން

 

އޮފީހަށް ހޯދަންޖެހޭތަކެތި ހޯދުން

  • ސެކްޝަންތަކުން ތަކެއްޗަށް އެދި ފޯމް ފޮނުވުމުން ތަންތަނުން ކޯޓޭޝަން ހޯދައި 1000 ރުފިޔާއަށްވުރެ އެތަކެތީގެ އަގު ކުޑަ ނަމަ، ރިކުއިޒިޝަން ފޯރމް ހުށަހަޅާ ދުވަހުގެ އަނެއް ދުވަހު އެތަކެތި ހޯދުން. 
  • ތަކެތީ ގެ އަގު  35،000.00 ރުފިޔާއަށް ވުރެ ދަށްނަމަ 3 ކޯޓޭޝަން ހޯދައިގެން  އޮފީހަށް ފައިދާ ހުރި ގޮތަކަށް ތަކެތި ގެނައުމުގެ މަސައްކަތް ރިކުއިޒިޝަން ފޯރމް ހުށަހަޅާތާ 3 ދުވަހުގެ ތެރޭގައި ކުރުން.
  • ތަކެތީ ގެ އަގު  35،000.00 ރުފިޔާއަށް ވުރެ މަތި ނަމަ، ރިކުއިޒިޝަން ފޯރމް ހުށަހަޅާތާ 3 ދުވަހުގެ ތެރޭގައި އެތަކެތި ހޯދުމަށް އިޢުލާނު ކުރުން.
  • ތަކެތި ގަތުމަށް ބޭނުންވާ ޕީ.އޯ ހެދުމާއި އަދިވެސް ޕްރޮކިއުމެންޓާއިގުޅޭ އެންމެހައި ލިޔެކިޔުންތައް ޤަވާޢިދުން ފައިލްކޮށް ބެލެހެއްޓުން. 

 

އޮފީހަށް ބޭނުންވާ އެސެޓް ހޯދުން

  • އެސެޓް ހޯދަން އެދޭތާ 3 ދުވަހުގެ ތެރޭގައި ކޯޓޭޝަންތައް ހޯދުން، ނުވަތަ އިޢުލާނު ކުރަންޖެހޭނަމަ އިޢުލާން ގެޒެޓަށްފޮނުވުން 
  • ބިޑް ހުށަހެޅުމަށް ކަނޑައެޅިފައި އޮންނަ ދުވަހު ބިޑްތަކާއި ހަވާލުވެ، ހަމަޖެހިފައިވާ އުސޫލުގެ މަތިން އިވެލުއޭޓް ކުރުމަށް ބިޑްކޮމިޓީ އަށް ހުށަހެޅުމާއި، ބިޑްކޮމިޓީއަށް  މީޓިންގ އަށް ބޭނުންވާ މައުލޫމާތު ހޯދާ ފޯރުކޮށްދިނުން
  • ކޮންޓްރެކްޓް އުސޫލުން ކުރަންޖެހޭ މަސައްކަތްތަކުގެ އެއްބަސްވުންތައް ތައްޔާރުކޮށް (ލޯޔަރުގެ އިރުޝާދުގެ މަތިން) ހޮވުނުފަރާތާއި މަސައްކަތް ހަވާލުކުރުމާއި އެއްބަސްވުމުގައި ސޮއިކުރުވުން.
  • އޮފީހަށް ހޯދާ ހަރުމުދަލާއި ހަވާލުވެ އޮފީހުގެ އިންވެންޓްރީއަށް ނަގައި ނަމްބަރުޖެހުމަށް ފަހު އެތަކެއްޗަށް އެދުނުފަރާތަކަށް އެތަކެތި ހަވާލުކުރުން.
  • ވޮރޮންޓީ ގެ މުއްދަތުގެ ތެރޭގައިވާ ހަރުމުދާތައް ބެލެހެއްޓުން.  

 

އޮފީހުގެ ސްޓޮކް ބެލެހެއްޓުން

  • ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ ނަމްބަރު 11.19، 11.20، އަދި 11.21 ގައިވާ ގޮތުގެ މަތިން އޮފީހުގެ ސްޓޮކް ބެލެހެއްޓުން.

 

އޮފީހުގެ މެއިންޓަނެންސް ބެލެހެއްޓުން

  • އޮފީހުގެ އެންމެހައި މަރާމާތަކާއި މެއިންޓަނަންސްގެ މަސައްކަތްތައް ހަމަޖެހިފައިވާ ޤަވާޢިދުތާކާއި އުސޫލުތަކާއެއްގޮތަށް ކުރުވުން
  • އަދި މިނޫނަސް އޮފީހުގެ ޕްރޮކިއުމެންޓާއި ސްޓޮކް ބެލެހެއްޓުމާއި މެއިންޓަނަންސްގެ ކަންކަން ހިންގައި ބެލެހެއްޓުން، 
  • އަދި މީގެ އިތުރުން އޮފީހުގެ ހުރިހާ މުވައްޒަފުން އެކުވެގެން ކުރުމަށް އޮފީހުން ރާވާ އޮފީހުގެ މަސައްކަތްތައް ކުރުމާއި، ބަންދު ދުވަސްތަކުގަ އާއި ބަންދު ގަޑިތަކުގައި ކޮންމެހެން ކުރަންޖެހިގެން ވެރިން އަންގަވާ އޮފީހުގެ މަސައްކަތްތައް ހަމަޖެހިފައިވާ އުސޫލުތަކާއި ޤަވާޢިދުތަކާއެއްގޮތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލް ކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،

 

ނުވަތަ،

 

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލް ކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ވަޒީފާއަށް އެދޭ ފޯމު(މި ފޯމު ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ (https://archives.gov.mv/mv/data/forms)  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި މުއްދަތާއި، ކުރި މަސައްކަތް އެނގޭނޭ ލިޔުންތައް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ޙާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް  %35

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް %15

3- އިންޓަރވިއު %50  

4- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %25 އަށްވުރެމަތިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 މާރިޗު 2021 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު (ޤައުމީ ދާރުލްއާސާރު އިމާރާތް، ޗާންދަނީމަގު/ މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް :[email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިހާން އަދި ޕްރެކްޓިކަލްސް   އޮންނާނީ   11 މާރިޗު 2021 ވާ ބުރާސްފަތި އާއި 18 މާރިޗް 2021 އާއި ދެމެދު، އިންޓަވިއު އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010931އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

28 ފެބުރުވަރީ 2021
ހޯދާ