މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވީ.އައި.އޭގެ 6 'ޓޫރިސްޓު ރެޕްރަޒެންޓޭޓިވް ކައުންޓަރު' ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދުމާއި ބެހޭ

މި އިޢުލާންވަނީ 01 މާރިޗު 2021 09:57 ގައި ބާތިލް ކުރެވިފައެވެ.


ބީލަން ހުށަހެޅުމުގެ ދަޢުވަތު

ވީ.އައި.އޭގެ 6 'ޓޫރިސްޓު ރެޕްރަޒެންޓޭޓިވް ކައުންޓަރު' ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދުމާއި ބެހޭ

 

    މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގެ އިންޓަނޭޝަނަލް ޓާރމިނަލްގައި ހުސްކޮށް ހުރި 6  'ޓޫރިސްޓު ރެޕްރަޒެންޓޭޓިވް ކައުންޓަރު' (ޓީ.އާރް.ސީ) ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދަން ބޭނުންވެއެވެ.

    މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 ފެބުރުވަރީ 07 ވާ އާދިއްތަދުވަހުގެ މެންދުރު 2:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

    މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ރިސޯޓު/ހޮޓެލް/ޓުއޯރ އޮޕަރޭޓުކުރުމުގެ ހުއްދަ ނޫނީ ޓްރެވެލް އެޖެންޓްކަމުގެ ހުއްދަ އޮންނަ ފަރާތްތަކަކަށް ވާންވާނެެއެވެ. އެގޮތުން މިހާރުވެސް ޓީ.އާރް.ސީއެއް ލިބިފައިވާ ފަރާތްތަކަށް މިބީލަމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.

    ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2021 މާރިޗު 14 ވާ އާދިއްތަ ދުވަހުގެ މެންދުރު 2:00 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2021 މާރިޗު 14 ވާ އާދިއްތަ ދުވަހުގެ މެންދުރު 2:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

    ޓީ.އާރ.ސީ ދިނުމަށް ހަމަޖެހިފައިވަނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ. ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ 2021 މާރިޗު 22 ވާ ހޯމަ ދުވަހުގެ މެންދުރު 2:00 ގައި، މިކުންފުނީގެ މައި އިދާރާގައި ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ.

    އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

 

28 ފެބުރުވަރީ 2021
ހޯދާ