ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެމް.އެން.ޔޫ ބިޒްނަސް ސްކޫލް)

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

24

މުސާރަ:

މަހަކު 7,151.26 ރ

ސަރވިސް އެލަވަންސް:

މަހަކު 3,064.83 ރ

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  • މަސައްކަތުގެ ދާއިރާއިން އެމް.އެންކިޔޫ.އެފް ލެވެލް 7/8 ގެ ސެޓްފިކެޓެއް ލިބިފައިވުން، ނުވަތަ،
  • މަސައްކަތުގެ ދާއިރާއިން އެމް.އެންކިޔޫ.އެފް ލެވެލް 5 ގެ ސެޓްފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
  • މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • ކޮންމެ ޓާމެއްގެ ކިޔެވުން ފެށުމުގެ ކުރިން މާއްދާތަކުގެ ހާޒިރީ ފައިލްތައް ތައްޔާރުކުރުމާއި، ދަރިވަރުންގެ ރަޖިސްޓްރީ އާއި  ލެކްޗަރަރުންގެ ކަރެސްބޮންޑެސް އާއި ދަރިވަރުންގެ އެންމެހާ ރެކޯޑްތައް ބެލެހެއްޓުން.
  • ކޯސްތަކުގައި ކިޔަވާދެއްވާ ލެކްޗަރަރުންނަށް ބޭނުންވާ ޑޮކިއުމަންޓްސްތައް ޕްރިންޓް ކުރުމާއި، ދެއްވާ ޕޭޕަރުތައް ފޮޓޯކޮޕީ ހައްދާ ލެކްޗަރަރުންނާއި ހަވާލު ކުރުން.  
  • ލެކްޗަރަރުން ދަރިވަރުންނަށް އަންގަވާ އެންގެވުންތަކާއި، ޓައިމްޓޭބަލްތައް ނޯޓިސްބޯޑުގައި ޖެހުމާއި، ކެންސަލްވާ ކުލާސްތަކާއި،  އެކްސްޓްރާ ކުލާސްތަކާބެހޭ ގޮތުން ދަރިވަރުންނަށް ނޯޓިސް ނެރުން. އަދި ޕަބްލިކް ލެކްޗަރތައް ބޭއްވޭނެ އިންތިޒާމް ހަމަޖައްސައި، އެކަން   ދަރިވަރުންނަށް އެންގުން.
  • ސެމިސްޓަރއެއްގެ ކޮންމެ ހަތަރު ހަފުތާއިން ދަރިވަރުންގެ ހާޒިރީ ޗެކްކޮށް ރިޕޯޓް ތައްޔާރުކުރުން. އަދި ދަރިވަރުންގެ އެމް.ސީ ތައް   ގަވައިދުން ފައިލްކޮށް ބެލެހެއްޓުން.
  • އެކިއެކި ކަންކަމާއިގުޅިގެން ދަރިވަރުން ހުށަހަޅާ ސިޓީ/ފޯމްތައް ބަލައިގަނެ ސްކޫލްގެ ފަރާތުން ސޮއި ކުރުވާ ތައްގަނޑު ޖަހާދިނުން. ދަރިވަރުންގެ އެސައިންމަންޓްތައް ނަގައި ލެކްޗަރާއިންނާ ހަވާލުކުރުން.
  • ބިޒްނަސް ޑިޕާޓްމަންޓްއިން ތަންތަނަށް ފޮނުވަންޖެހޭ ސިޓީ، އީމެއިލް، ޓްވީޓް މިފަދަ ތަކެތި ހަވާލުކުރާތާ މަސައްކަތު އެއް ދުވަސްތެރޭ ފޮނުވަންޖެހޭ ފަރާތަށް ފޮނުވުމާއި ކުރަން ހަވާލުކުރެވޭ ފޯންކޯލްތައް ކުރުމާއި އެތަކެތި ފައިލް ކޮށްބެލެހެއްޓުން.
  • ބިޒްނަސް ޑިޕާޓްމަންޓްއިން ބޭނުންވާ ދަރިވަރުންގެ ކަންތައްތައް  ދުވަހުން ދުވަހަށް ނިންމުން.
  • ޑިޕާރޓްމަންޓް އަދި ކެމްޕަސްތަކުގެ ސަބްޖެކްޓް އިވެލުއޭޝަން ހަދާ، ރިޕޯޓު ތައްޔާރުކުރުން.
  • ސްކޫލްއިން ދަރިވަރުންނާއި ލެކްޗަރަރުންނަށް ބާއްވާ މީޓިންތަކާއި، އޭ.އާރު.ސީ. ކޮމެޓީގެ މީޓިންތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ދުވަހާއި ގަޑި އަންގާ މީޓިން ތަކުގެ އިންތިޒާމް ހަމަޖައްސާ ބެލެހެއްޓުން. އަދި މީޓިން ތަކުގެ ޔައުމިއްޔާ މީޓިން ބޭއްވޭތާ މަސައްކަތު 2 ދުވަސް ތެރޭގައި ލިޔެނިންމާ ފައިލްކޮށް ބެލެހެއްޓުން.
  • ޕަވާރކެމްޕަސް އިން ސެކުޝަންތައް ތައްޔާރުކޮށް ސެލްފްސާރވިސްއަށް އެކުސަސް ދިނުމާއި ޓައިމްޓޭބަލް ޕަވާރކެމްޕަސް އަށް  އެންޓަރކުރުމާއި ގެންނަ ބަދަލުތައް ޤަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން. 
  •  ސެލްފް ސާރވިސް އާއި މޫޑުލް އަށް އެކްސަސް ވުމުގައި ދަރިވަރުން އަދި ލެކުޗަރާއިންނަށް ދިމާވާ މައްސަލަތައް ސްޓޫޑަންޓް  ސާރވިސް އަށް އަންގައިގެން ރަގަޅުކުރުން. ރަޖިސްޓްރޭޝަންގެ މައްސަލަތައް ހައްލުކުރުން.
  • ފެކަލްޓީ އިން ކެމްޕަސްތަކަށް ދަތުރުކުރާ ލެކުޗަރާއިންގެ ދަތުރުތަކުގެ ޓިކެޓް ބުކްކޮށް ދަތުރުގެ އެންމެހައި އިންތިޒާމް        ހަމަޖެއްސުމާއި، ލެކުޗަރާއިންއަށް ފައިސާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުން.
  • ސްކޫލްގެ ކިޔެވުން އޮންނަ ދުވަސްތަކުގައި އޮފީހުގެ ޑިއުޓީ ތާވަލާ އެއްގޮތަށް އޮފީހަށް ނިކުމެ ޑިއުޓީ ބަލަހައްޓާ ދިނުން.
  • އިދާރީ މުވައްޒަފަކު ސަލާމްބުނެ ނުވަތަ ޗުއްޓީއެއް ނަގައިފި ނަމަ ސްކޫލްއިން ހަމަޖައްސަވާ އުސޫލްގެ މަތީން އެމުވައްޒަފްއާއި  ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުން.
  • މިނޫންވެސް މަޤާމާ ގުޅޭގޮތުން ސްކޫލްއިން ޙަވާލުކުރާ ކަންތައްތައްކުރުން.    

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2021 މާރިޗު 07 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

http://bit.do/MNUjobs-BS-19

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

http://bit.do/MNU-JobApplicationForm

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދުގެ ކޮޕީ)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • މި މަޤާމުގެ މަސައްކަތު ގަޑި: ކިޔެވުން އޮންނަ ދުވަސްތަކުގައި މަސައްކަތް ކުރާނީ މެންދުރު 12:00 އިން ރޭގަނޑު 6:00 އަށެވެ. އެ ނޫން ދުވަސްތަކުގައި ހެނދުނު 8:00 އަކުން މެންދުރު 2:00 އަށެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަންބަރު ފޯނަށެވެ.
28 ފެބުރުވަރީ 2021
ހޯދާ