ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:             ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ލީގަލް ސެކްޝަން)

މަޤާމުގެ ބާވަތް:         ދާއިމީ

ޢަދަދު:              01

މުސާރަ:             -/7500

އެލަވަންސް:    

    ސަރވިސް އެލަވަންސް: -/2000

    ނޮން-ޕްރެކްޓިސް އެލަވަންސް:  މުސާރައިގެ %45

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:     

  1. ސެކްޝަންގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުން.
  2. ސެކްޝަނަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދާރީވުން.
  3. ސެކްޝަންގެ އެންޓްރީ އަދި އެހެނިހެން ލިޔުންތައް ސެކްޝަނާ ހަވާލުވެ ހުންނެވި ވެރިއަކަށް ފޯރުކޮށްދިނުމާއި، ލިޔެކިޔުންތައް ކަމާބެހޭ ފަރާތްތަކަށް ޙަވާލުކުރުން.
  4. ސެކްޝަނަށް ލިބޭ ލިޔެކިއުންތަކަށް ޤަވާޢިދުން ފިޔަވަޅު އެޅުން.
  5. ޖަލްސާތަކާއި އެޕޮއިންޓްމަންޓްތައް އަދި ބައްދަލުވުންތައް އިންތިޒާމްކުރުމާއި ޔައުމިއްޔާކޮށް ބެލެހެއްޓުން.
  6. ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ބަލަހައްޓަންޖެހޭ ތަފާސްހިސާބުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  7. ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތަކުގެ މަސްދުވަހުގެ ރިޕޯޓު ތައްޔާރުކޮށް ބެލެހެއްޓުމާއި، އެ މަޢުލޫމާތު އިދާރީ ސެކްޝަނަށް ދިނުން.
  8. ޑިސްޕެޗްކުރަން ޙަވާލުކުރާ ސިޓީތަކާއި ލިޔުންތައް ޑިސްޕެޗް ކުރުން.
  9. ސެކްޝަނަށް އަންނަ ލިޔުންތަކާއި ސެކްޝަނުން ފޮނުވާ ލިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.
  10. މިނޫނަސް ޓްރައިބިއުނަލްގެ މަސައްކަތް ހަލުވިކޮށް، ފަސޭހަކުރުމަށްޓަކައި، ކުރަން ކަނޑައަޅާ މަސައްކަތްކުރުން.
  11. ގެޒެޓް ކުރެވެމުންދާ ޤާނޫނުތަކާއި ޤަވާޢިދުތައް ހޯދުން.
  12. ޓްރައިބިއުނަލްއަށް ޙާޟިރުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރަންޖެހޭ ޗިޓްތައް ތައްޔާރުކުރުން.
  13. ރަޖިސްޓްރާރގެ ލަފާގެ މަތިން ނިންމަވަންޖެހޭ އެންމެހައި ކަންތައްތަކުގެ އިންތިޒާމުތައް ހަމަޖެއްސުން.
  14. ޓްރައިބިއުނަލް އޮފިސަރުން ކުރާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  15. ރަޖިސްޓްރަރ ކަނޑައަޅާ ގޮތެއްގެ މަތިން ޓްރައިބިއުނަލަށް ހުށަހެޅޭ އެންމެހާ މައްސަލަތަކުގެ ރަޖިސްޓްރީ އާއި ކުށުގެ ރެކޯޑު ޑާޓާބޭސް އަދާހަމަކުރެވޭކަން ކަށަވަރުކުރުން.
  16. ރަޖިސްޓްރަރ ކަނޑައަޅާ ގޮތެއްގެ މަތިން ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ލިޔުންތައް ޗެކުކޮށް ލިޔުންތައް ފުރިހަމަކުރުވައި ރަޖިސްޓްރަރ އަރިހަށް ގެންދިއުން.
  17. މައްސަލަތަކާ ގުޅިގެން ޗުއްޓީ ހޯދުމަށް އެދޭ ފަރާތްތަކަށް ޗުއްޓީ ހަމަޖެއްސުމައްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ސެކްޝަން އިން ތައްޔާރުކުރާ ޗުއްޓީއަށް އެދިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ޝީޓު ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުން.
  18. ކޮންސިލިއޭޝަން ބައްދަލުވުންތައް ބޭއްވުމުގައި ރަޖިސްޓްރަރ އަށް އެހީތެރިވެދިނުން.
  19. މައްސަލަ ހުށަހަޅާ ފޯމުތަކުގެ ތެރެއިން ލިޔުންތައް ފުރިހަމަ ނުވުމުގެ ސަބަބުން އެންޓްރީ ނުކުރެވި ލަސްވާ މައްސަލަތަކުގެ މަޢުލޫމާތު ސާފުކޮށް ދުވަހުން ދުވަހަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  20. ޓްރައިބިއުނަލަށް ހުށަހެޅި ރަޖިސްޓްރީ ކުރެވިފައިނުވާ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާ ސިޓީތަކަށް ރަޖިސްޓްރަރގެ އިރުޝާދުގެ މަތީން ފިޔަވަޅުއެޅުން.
  21. ޓްރައިބިއުނަލަށް ހުށަހެޅި ރަޖިސްޓްރީ ކުރެވިފައިނުވާ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، މައްސަލަތަކުގައި ހިމެނޭ ފަރާތްތަކާއި ކުރަންޖެހޭ މުޢާމަލާތް ކުރުން.
  22. ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތަކުގެ ފައިލްތައް ތައްޔާރުކުރުން.
  23. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއިގުޅޭ އެންމެހާ އިދާރީ މަސައްކަތްކުރުން.
  24. އަޑުއެހުންތަކުގެ ތާވަލު ތައްޔާރުކުރުން.
  25. ޓްރައިބިއުނަލަށް ބަލައި ނުގަތުމަށް ނިންމާ މައްސަލަތައް ސަބަބު ބަޔާންކޮށް ނިންމުން ތައްޔާރުކޮށް، މައްސަލަ ހުށަހެޅި ފަރާތްތަކަށް ޖަވާބު ދިނުމާއި، ޓްރައިބިއުނަލަށް ބަލައިގަނެވޭ މައްސަލަތައް މެންބަރުންނަށް ޙަވާލުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ރެޖިސްޓްރަރއަށް އެހީތެރިވެދިނުން.
  26. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޗިޓް ރައްދުކުރަންޖެހޭ ފަރާތްތަކަށް ޗިޓް ރައްދު ކުރުމުގެ ކަންތައް ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިންތިޒާމްކޮށް، އެކަން ރަނގަޅަށް ކުރިއަށްދާކަން ބަލާ ޔަޤީންކުރުން.ޓްރައިބިއުނަލުން ބަލަމުންގެންދާ މައްސަލަތައްބަލާ ނިމުމާއިއެކު މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ތައްޔާރުކުމުގައި އެހީތެރިވެދިނުން.
  27. ޓްރައިބިއުނަލުން ބަލަމުންގެންދާ މައްސަލަތައްބަލާ ނިމުމާއިއެކު މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ތައްޔާރުކުމުގައި އެހީތެރިވެދިނުން.
  28. ޓްރައިބިއުނަލުގެ މަސައްކަތްތަކާމެދު އާންމުންނާއި، މުއައްސަސާތައް ހޭލުންތެރި ކުރުވުމަށް ބޭނުންވާ މަޢުލޫމާތު ކަރުދާސްތައް ތައްޔާރުކޮށް، އެފަދަ ކަންކަން ރާވާ ހިންގުމަށް އެހީތެރިވެދިނުން.
  29. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމެޓީތަކުގެ ދަފްތަރު ބެލެހެއްޓުން.
  30. ކޯޓްތައް މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ޓްރައިބިއުނަލަށް އެ ކޯޓަކުން ފޮނުވަމުންދާކަން ކަށަވަރުކުރުން.
  31. ވަޒީފާއާބަހޭ ޓްރައިބިއުނަލުން ނިންމާ ނިންމުންތައް ތަންފީޒުކުރަމުންދާކަން ކަށަވަރު ކުރުން، އަދި ތަންފީޒުކުރުމަށް ކޯޓަށް ފޮނުވަންޖެހޭ ނިންމުންތައް ކޯޓަށް ފޮނުވުމަށް އިދާރީގޮތުން ކުރުންޖެހޭ އެންމެހައި ކަންތައްތައް ކުރުން
  32. އާއްމުމަޖިލީސްގެ ސެކްރެޓްރީގެ މަސައްކަތްކުރުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން، އަދި މެންބަރުންނަށް ފޮނުވުން

ފެންވަރު ނުވަތަ ޝަރުތު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމެންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ލީގަލް ދާއިރާއިން ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި އެކު އެޑްމިނިސްޓްރޭޝަން ނުވަތަ ޤާނޫނީ ދާއިރާއެއްގައި މަދުވެގެން ދެއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމެންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ލީގަލް ދާއިރާއިން ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޤާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އަދި އެފަރާތަކީ ދިވެހިބަހާއި އިގިރޭސި ބަހުން ރަގަޅަށް މުޢާމަލާތްކުރަން ދަންނަފަރާތްތަކަށް ވާންވާނެއެވެ.

މަސައްކަތްކުރަންޖެހޭތަން: މިމަޤާމަށް ހޮވޭ ފަރާތެއް މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 08 މާރޗް 2021 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލުގެ ވަޒީފާއަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު (ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ޓްރައިބިއުނަލްގެ އީމެއިލު ([email protected]) މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. އަދި  އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި އެޓޭޗްކުރެވިފައެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން: މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރިމިންވަރު ވަޒަންކުރުމުގައި ދާއިރާތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަން އިސްކަންދެވޭނެއެވެ.  

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

3. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން

  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.
  • މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.

28 ފެބުރުވަރީ 2021
ހޯދާ