ދިވެހިރާއްޖެ
މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ (IUL)MMPRC-HR/1/2021/12:އިޢުލާން ނަންބަރު
ވަޒީފާގެ ފުރުޞަތު |
|
މަޤާމުގެ ނަން: އިންފޮމޭޝަން ސިސްޓަމް އާކިޓެކްޓް |
- މުސާރަ (މަހަކު) :/-400,11 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް:-/3,800 ރުފިޔާ މަހަކު - ޑެއިލީ އެލަވެންސް:-/3,800 ރުފިޔާ މަހަކު - އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ޑިޕާރޓްމަންޓް / ސެކްޝަން: އިންފޮމޭޝަން ޓެކްނޮލޮޖީ |
ބޭނުންވާ އަދަދު: 1 |
1 - ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރި/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު: ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން، (ނުވަތަ) ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު ހިންގުމުގެ ދާއިރާގައި ސީނިއަރ މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، (ނުވަތަ) ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު ހިންގުމުގެ ދާއިރާގައި ސީނިއަރ މަޤާމެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. މިމަޤާމަށް މީހުން ހޮވުމުގައި ތިރީގައިއެވާ ފަންނުތައް ދަންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. - ވިންޑޯސް ސާރވާ މެނޭޖްމަންޓް، ނެޓުވޯކިން، ހާޑުވެއަރ، ސޮފްޓްވެއަރ އަދި ޕްރޮގްރާމިން އިނގުން. 2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ހ. ކޮންޕިއުޓަރ ހާޑްވެއަރ، ސޮފްޓްވެއާ އަދި ނެޓުވޯކު އެޅުމާއި ކޮންފިގަރ ކުރުން. ށ. ކޮންޕިއުޓަރުތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ސިސްޓަމްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. ނ. މުވައްޒަފުންގެ ކުރެޑެންޝިއަލްސްއާއި އެކްސެސް ޕްލޭންގެ ސެޓަޕް ހެދުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން. ރ. ވިންޑޯސް ސާރވާ ބޭނުންކޮށްގެން ފިސިކަލް އަދި ވާރޗުއަލް ސާރވާތައް ބެލެހެއްޓުން ބ. ވިންޑޯސް ސާރވާ ބޭނުންކޮށްގެން އެސްސީއެމް މެދުވެރިކޮށޮ ވަލްނަރބިލިޓީ މެނޭޖްކުރުމާއި ޕެޗްއަޕްޑޭޓުކުރުން. ޅ. ކުންފުނީގެ އެކްޓިވް ޑޮމެއިން އަދި އެކްޓިވް ޑައިރެކްޓްރީ ބެލެހެއްޓުން. ކ. އެމް.އެސް.އެސް.ކިޔު.އެލް އަދި އެމް.ވައި.އެސް.ކިޔު.އެލް. ސާރވާ، ވިންޑޯސް ކުލަސްޓަރިން، ޑޮމެއިން ކޮންޓްރޯލާ ސެޓަޕް އަދި ގުރޫޕް ޕޮލިސީ އެނގުން. އ. ސާރވާގެ ޑާޓާ ރިޓެންޝަން ޕޮލިސީތައް ހެދުމާއި ބެލެހެއްޓުން. ވ. ކުންފުނީގެ ފަޔަރވޯލް ކޮންފިގަރ ކުރުމާއި ބެލެހެއްޓުން. މ. ސެކްޝަންގެ އަހަރީ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ކުރުން ފ. މެނޭޖުމެންޓުން ބޭނުންވާ ރިޕޯޓުތައް ފޯރުކޮށްދިނުން ދ. ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަނުގެ ޚިދުމަތްތަކާ ގުޅުންހުރި ކޯޕަރޭޝަނުން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން. |
|
3 - ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 08 މާރިޗު 2021 ވަނަ ވާ ހޯމަ ދުވަހުގެ 1500 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|
4 - ހުށައަޅަންޖެހޭ ލިޔުންތައް: - ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ) . - ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން. - ކުރިން ކޮށްފައިވާ މަސައްކަތްތައް އެނގޭގޮތައް ޕޯޓުފޯލިއޯ - ޕޮލިސް ރިޕޯޓް |
|
5 - އިތުރު މަޢްލޫމާތު:
އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ. 6- އެޑްރެސް ކުރައްވާނީ: ތޮއްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން |
|
28 ފެބުރުވަރީ 2021 |