މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބުރުލުވެހި އިމާރާތުގެ ގޯތިތެރެއާއި މަގުމަތި ކުނިކަހާ ސާފުކުރުމާއި ޖިމް ސާފުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                      ނަމްބަރ:IUL)331/331/2021/10)

 

 

 

އިޢުލާން

 

 

 ބުރުލުވެހި އިމާރާތުގެ ގޯތިތެރެއާއި މަގުމަތި ކުނިކަހާ ސާފުކުރުމާއި ޖިމް ސާފުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

 

              މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބުރުލުވެހި އިމާރާތުގެ ގޯތިތެރެއާއި މަގުމަތި ކުނިކަހާ ސާފުކުރުމާއި، ޖިމް ސާފުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

              މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

              މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2021 މާރިޗު 04 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ. އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2021 މާރިޗު 14 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ.

               ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

28 ފެބުރުވަރީ 2021
ހޯދާ