ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ ރޭޑިއޯގްރާފަރ

އިޢުލާނު

 

ދ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

ސީނިއަރ ރޭޑިއޯގްރާފަރ

މަޤާމުގެ ނަމްބަރު:

J-258387

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދ. އަތޮޅު ހޮސްޕިޓަލް / ދ. ކުޑަހުވަދޫ

މުސާރަ:

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2500 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

3. ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ 28% އަދި ޓެކްނިކަލް ކޯ އަށް ޝަރުތުފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/900 ރުފިޔާ (ޓެކްނިކަލް ކޯ ދާއިރާ: މެޑިކަލް އިމޭޖިން ސައިންސް، ރޭޑިއޮލޮޖީ).

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެކްސްރޭ ނެގުމުގެ މަސައްކަތް ކުރުން.
  2. އެކްސް ރޭ ރޫމްގައި ކުރަންޖެހޭ މަސައްކަތް ކުރުން
  3. ރަޖިސްޓްރީތަކާއި ރިޕޯޓްތައް ޤަވާއިދުން ބެލެހެއްޓުން.
  4. އެކްސް ރޭ ޓިޕާރޓްމަންޓަށް ބޭނުންވާ ސްޓޮކް ބެލެހެއްޓުމާއި، މަދުވާތަކެތި ރިޕްލޭސް ކުރުމާއި، ތަފާސްހިސާބު ބެލެހެއްޓުން.
  5. ތަނުގެ ސާފުތާހިރުކަން ބެލުމާއި، ބޭނުންކުރާ އިކްއިޕްމަންޓަސްގެ ސާފުތާހިރުކަން ބެލެހެއްޓުން.
  6. އެކްސް ރޭ ރޫމަށް ބޭނުންވާ ތަކެތި ސްޓޮކުން ހޯދާ ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  7. ބޭނުންވެއްޖެ ހިނދެއްގައި ހޮސްޕިޓަލްގެ އެހެން ޑިޕާރޓްމަންޓްތަކަށް ބޭނުންވާ ތަފާސްހިސާބު ދިނުން، އަދި މަންތްލީ ރިޕޯޓް ތައްޔާރު ކުރުން.
  8. އިމަރޖެންސީ ކޯލްތަކަށް ޤަވާއިދުން އެޓެންޑްވެ މަސައްކަތަށް ފަރުވާތެރިވުން.
  9. އެކްސްރޭ މެޝިންތަކަށް ދިމާވާ މައްސަލަތައް ވަގުތުން ކަމާއިގުޅޭ ފަރާތްތަކަށް ރިޕޯޓްކުރުން.
  10. މަސައްކަތަށާއި ވެރިންނަށް އިޚްލާސްތެރިވެ އަދި ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް އަދާކުރުން.

 

މަޤާމުގެ ޝަރުތުތައް:

 

 

1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ތަޢުލީމީ ރޮނގުތައް:

މެޑިކަލް އިމޭޖިން ސައިންސް، ރޭޑިއޮލޮޖީ

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

- މެޑިކަލް އިމޭޖިން ސައިންސް

- ރޭޑިއޮލޮޖީ

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

ރޭޑިއޮލޮޖީ

ހުށައަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް އަދި ހެލްތް މިނިސްޓްރީގެ http://health.gov.mv ވެބްސައިޓުންނާ ދ. އަތޮޅު ހޮސްޕިޓަލްގެ އޮފީހުން ލިބެން ހުންނާނެއެވެ. )

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. . ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

5.  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން  ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި  ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް ކޮޕީ.

 (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންކްރިޕްޓްގެ ކޮޕީ.

6.  މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި( އަހަރާއި  މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން ( މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށައަޅަން ވާނެއެވެ).

(ރ) އުވާލާފައިވާ ދައުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް  ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

7. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަންގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް – %35

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ -

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން - %50

މަޤާމަށް އެދެންވީގޮތާއި ސުންގަނޑި:

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 04 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ދ. އަތޮޅު ހޮސްޕިޓަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ،  07 މާރިޗު 2021 ން 18 މާރިޗު 2021 އާ ދެމެދު ދ. އަތޮޅު ހޮސްޕިޓަލްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާއްމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މިހޮސްޕިޓަލްގެ ނޯޓިސްބޯޑްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަމްބަރަކީ 6760560އެވެ. އީ-މެއިލް ކުރާނީ [email protected])) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

28 ފެބްރުވަރީ 2021

28 ފެބުރުވަރީ 2021
ހޯދާ