އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
1 (އެކެއް) އަހަރު ދުވަހަށް އެއަރ ކޮންޑިޝަންތައް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރ: IUL)38-AD/38/2021/69)

އިޢުލާނު

 

1(އެކެއް) އަހަރު ދުވަހަށް އެއަރ ކޮންޑިޝަންތައް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުން

1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އެއަރ ކޮންޑިޝަންތައް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)38-AD/38/2021/12) (ޖަނަވަރީ, 11, 2021) އިޢުލާނާއި ގުޅިގެން

އަންދާސީ ހިސާބު ހުށަހެޅި އެއްވެސް ފަރާތަކުން ބީލަން ފުރިހަމައަށް ހުށަހަޅާފައިނުވާތީ ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާޠިލްކޮށް،ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

38/2021/W-003

1 (އެކެއް) އަހަރު ދުވަހަށް އެއަރ ކޮންޑިޝަންތައް ސަރވިސް ކޮށްދިނުން

ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  2021 މާރޗް 07 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން، 

[email protected] އީމެއިލް އެޑްރެހަށެވެ.މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

ބީލަން ހުޅުވުން އޮންނާނީ   2021 މާރޗް 08 ވާ ހޯމަ ދުވަހުގެ 10:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

                          13 ރަޖަބު   1442 

 

 

25 ފެބުރުވަރީ 2021
ހޯދާ