ދިވެހިރާއްޖެ
މަގާމު: |
ޑިރެކްޓަރ |
މަގާމުގެ ނަންބަރު: |
J-330521 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަގާމުގެ ގިންތި: |
ދާއިމީ |
މަގާމުގެ ރޭންކް: |
އީ.އެކްސް. 1 |
މަގާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް ޑިރެކްޓަރ |
ވަޒީފާ އަދާކުރަންޖެހޭތަން: |
މިނިސްޓްރީ އޮފް ޑިފެންސް، މާލެ. |
މުސާރަ: |
މަހަކު 8,835.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު 2,000.00 ރުފިޔާ |
އެހެނިހެން އެލަވަންސް: |
1- ޓެކްނިކަލް ކޯ އެލަވަންސް: މި މަގާމުގެ ކޯ ޑިސިޕްލިން ކަމުގައިވާ އެނަލިޓިކަލް ކެމިސްޓްރީ/އެޕްލައިޑް ކެމިސްޓްރީ/ބަޔޯކެމިސްޓްރީ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) އިން ފެށިގެން މަތީ ސަނަދެއް ހުށަހަޅާފައިވާނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ) ލިބޭނެއެވެ. 2- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް 3- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދެވޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 4- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 5- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ |
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- މިނިސްޓްރީގެ ކެމިކަލް މެނޭޖްމަންޓް ސެކްޝަން ހިންގުމާއި، ސެކްޝަންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ހެދުމާއި، ސެކްޝަނުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުން. 2- ގާނޫނު ނަންބަރު 75/4 ގެ ދަށުން ރާއްޖެއަށް ނުރައްކާތެރި ކެމިކަލް އެތެރެކުރުމުގައި ބަލަހައްޓަންޖެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން. 3- ރާއްޖޭގެފަރާތުން ސޮއިކޮށް ތަސްދީގުކޮށްފައިވާ ބައިނަލްއަގްވާމީ މުޢާހަދާ (ކެމިކަލް ވެޕަން ކޮންވެންޝަން) ގެ ދަށުން، އަދި ގާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެ ގެނައުން މަނާ ތަކެތީގެ ގާނޫން) ގެ ދަށުން މިނިސްޓްރީގެ ދާއިރާއިން ހަދަންޖެހޭ ބިލްތަކާއި ގަވާއިދުތައް ހެދުމުގެ އެންމެހާ ކަންތައްތައް ރާވާ ހިންގުމާއެކު އެފަދަ ޑޮކިއުމަންޓްތައް ޑްރާފްޓްކުރާ މުވައްޒަފުންނަށް ފަންނީ ލަފާދިނުން. 4- ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދޫކުރުމާގުޅޭގޮތުން ގެޒެޓްކޮށްފައިވާ R-1057/2019 ގަވާއިދު ތަންފީޒުކުރުމާގުޅޭ އެންމެހާ ކަންތައްތައް ކުރުން. 5- ރާއްޖެ އެތެރެކުރުމުގެ ހުއްދައަށްއެދި ހުށަހަޅާ ކެމިކަލްތަކުގެ މަޢުލޫމާތު (މެޓީރިއަލް ސޭފްޓީ ޑޭޓާ ޝީޓުގައިވާ މަޢުލޫމާތާއި އެހެނިހެން ވަސީލަތްތަކުން އެއްކުރާ މަޢުލޫމާތު) ދިރާސާކޮށް ރިސްކް އެނަލިސިސް ހަދާ އެ ކެމިކަލްއަކާމެދު ޢަމަލުކުރަން ފެންނަގޮތުގެ ޕްރޮފެޝަނަލް އޮޕީނިއަން ތައްޔާރުކޮށް، މިނިސްޓްރީއާއި އެމް.އެން.ޑީ.އެފް ގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ހުއްދަ ދިނުމުގެކުރިން ބަލަންޖެހޭ ކަންތައްތައް ބެލުން. 6- ރާއްޖެއަށް އެތެރެކުރަން އެކިފަރާތްތަކުން ހުށަހަޅާ ކެމިކަލްތައް ބަލާ، ނުރައްކާތެރި ކެމިކަލް ފާހަގަކޮށް، ރާއްޖެ އެތެރެކުރުމަށް އިޢުތިރާޒެއް ނެތްކަމުގެ ލިޔުން ދައުލަތުގެ އެހެން މުއައްސަސާއަކުން ހޯދަންޖެހޭ ކެމިކަލެއްނަމަ އެކަން ހަމަޖައްސާ، އަދި އެތެރެކުރަން ހުއްދަކުރެވޭ ކެމިކަލްތައް މޮނީޓަރކޮށް، ހުއްދަ ދޫކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ވިލަރެސްކުރުން. 7- ކެމިކަލްވެޕަން ކޮންވެންޝަނާއި، ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނާއި، ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދޫކުރުމާގުޅޭ 2019/R-1057 ގަވާއިދުގެ ދަށުން ރާއްޖެއަށް އެތެރެކުރެވޭ ކެމިކަލްތަކާގުޅޭ މިދަންނަވާ ދަފްތަރުތަކާގުޅޭ އެންމެހާ ކަންތައްތައް ރާވާ ހިންގުން. ހ- އިމްޕޯޓްކުރުން މަނާކުރެވިފައިވާ ކެމިކަލްތަކުގެ ދަފްތަރު ށ- ކެމިކަލް އެތެރެކުރާ ފަރާތްތަކުގެ ދަފްތަރު ނ- ކެމިކަލް ވިއްކާ ފަރާތްތަކުގެ ދަފްތަރު ރ- ކެމިކަލް އެތެރެކޮށް ވިއްކާ ފަރާތްތަކުގެ ސްޓޮކް ބެލެންސް މައުލޫމާތާއި، ހުއްދަނަގަން ނުޖެހޭ ކެމިކަލްތަކުގެ ދަފްތަރު 8- ރާއްޖެއަށް ކެމިކަލް އެތެރެކުރާ ފަރާތްތަކުން، ކެމިކަލް ރައްކާކުރަން ހަމަޖައްސާ ގުދަންތައް ޗެކްކުރުމުގެ މަސައްކަތް، ގަވާއިދު ނަންބަރު 2019/R-1057 ގައިވާގޮތަށް އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އާ ގުޅިގެން ކުރިއަށްގެންގޮސް، ގުދަނަށް ހުއްދަ ދޫކުރުމާއި، އިސްލާހުކުރަންޖެހޭ ކަންތައްތައް ހުރިނަމަ އެކަންކަން ރަނގަޅުކުރުމަށް އެންގުން. 9- ދިވެހިރާއްޖެއަށް އެތެރެކުރާ ކެމިކަލްތަކުގެ ތެރެއިން ގާނޫނު ނަންބަރު 75/4 ގެ ދަށުން ނައްތާލަންޖެހޭ ކެމިކަލްތައް ނައްތާލުމާގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް އެމް.އެން.ޑީ.އެފްއާ ގުޅިގެން ރާވާ ހިންގުން. 10- އޯގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިޔޫ) އަށް ފޮނުވަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބެލެހެއްޓުން. 11- ރާއްޖެއަށް އެތެރެކުރެވޭ ކެމިކަލްތަކުގެ މަޢުލޫމާތު ބެލެހެއްޓުމަށާއި، ކެމިކަލް އެތެރެކުރުމުގެ ހުއްދައަށް އެދޭފަރާތްތަކުން އޮންލައިންކޮށް ހުއްދައަށް އެދުމަށާއި، ހުއްދައަށް އެދޭ ކެމިކަލްތައް ޕްރޮސެސް ކުރުމަށާއި، ހުއްދަތައް ތައްޔާރުކޮށް ދޫކުރުމަށްޓަކައި ހަދާފައިވާ "މަކުޑި" ސޮފްޓްވެއަރ ޕްރޮގްރާމް، އެން.ސީ.އައި.ޓީ އާއި ގުޅިގެން ބަލަހައްޓާ، ސިސްޓަމަށް ގެންނަންޖެހޭ ޑެވެލޮޕްމަންޓްތައް ގެނައުން. 12- ނޭޝަނަލް ސިންގަލް ވިންޑޯ މަޝްރޫޢުގައި "މަކުޑި" ސޮފްޓްވެއަރ ހިމެނުމަށްޓަކައި ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން. 13- ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދޫކުރުމުގެ ގަވާއިދުތަކާއި އެކަމުގައި ގެންގުޅޭ މިންގަނޑުތަކާބެހޭ މަޢުލޫމާތު، މީޑިއާގެ ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން އާއްމުކޮށް، ކަމާގުޅޭ ފަރާތްތައް ހޭލުންތެރިކުރުވުން. 14- ކެމިކަލް މެނޭޖްމަންޓް ސެކްޝަންގެ އެހެން މުވައްޒަފުންނަށް މަސައްކަތުގެ ޓާގެޓްތައް ހަވާލުކޮށް، މަސައްކަތްތައް މޮނީޓަރކޮށް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން. |
މަގާމުގެ ޝަރުތުތައް: |
1- އެނަލިޓިކަލް ކެމިސްޓްރީ/ އެޕްލައިޑް ކެމިސްޓްރީ/ ބަޔޯކެމިސްޓްރީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- އެނަލިޓިކަލް ކެމިސްޓްރީ/ އެޕްލައިޑް ކެމިސްޓްރީ/ ބަޔޯކެމިސްޓްރީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ޕްރިފަރޑް ޑިސިޕްލިން: ނެތް މަގާމުގެ ކޯ ޑިސިޕްލިން: - އެނަލިޓިކަލް ކެމިސްޓްރީ - އެޕްލައިޑް ކެމިސްޓްރީ - ބަޔޯކެމިސްޓްރީ ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިން ސެޓްފިކެޓަށް ދިނުމަށް ކަނޑައަޅާފައިވާ 5 ޕޮއިންޓް ދެވޭނެއެވެ. މަސައްކަތުގެ ދާއިރާ: ކެމިސްޓްރީ |
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ: ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، (ނ) ޤައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަ ދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ، ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ރ) އުވާލާފައިވާ ދައުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. |
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1- ތަޢުލީމު (ލިބިފައިވާ ތަޢުލީމު/ ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންގެ ސެޓުފިކެޓު) %25 2- މަސައްކަތުގެ ތަޖުރިބާ (މަގާމުގެ މަސައްކަތުގެ ދާއިރާއާގުޅޭ ތަޖުރިބާ) %25 4- ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެޒެންޓޭޝަން %30،/ އިމްތިހާން، ޕްރެކްޓިކަލްސް، %20) %50 ނޯޓް: މަގާމަށް ޢައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %25 (ފަންސަވީސް) އިންސައްތައަށްވުރެ މަތިވާންޖެހޭނެއެވެ. |
މަގާމަށް އެދެންވީގޮތާއި ސުންގަޑި: |
މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 މާރިޗު 4 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ބަލައިގަނެވޭނީ [email protected] އީ-މެއިލް މެދުވެރިކޮށެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓް ކުރުން: |
މި ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިންޓަވިއުއޮންނާނެ ތަނާއި މުއްދަތު: |
މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު/ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް/އިމްތިހާން އޮންނާނީ، 2021 މާރިޗު 14 އާ 25 އާ ދެމެދު، މިނިސްޓްރީ އޮފް ޑިފެންސްގައެވެ. |
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް)" އާންމުކުރުން. |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313724 އަށެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "ޢައްޔަންކުރުމުގެ އުސޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usool) އިން ލިބެން ހުންނާނެއެވެ. |
13 ރަޖަބު 1442