މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ބ. ތުޅާދޫން ދޫކުރުމަށް ހަމަޖެހިފައިވާ 88 ގޯތީގެ ގުރުނެގުމާއި ގުޅޭ

                             ނަންބަރު: 321/321/2021/41(IUL)  

 

އިޢުލާން

ބ.ތުޅާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 88 ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން އެއްވަރަށް ޕޮއިންޓް ލިބިގެން ( 63 ޕޮއިންޓް ) ގުރަށް ހޮވިފައިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުލުން 12 މާރޗް 2021 ވާ ހުކުރު ދުވަހު 14:00ގައި ތުޅާދޫ ސްކޫލް ހޯލުގައި އޮންނާނެއެވެ.މި ގުރަށް ހޮވިފައިވާ ފަރާތްތަކުގެ ލިސްޓާއި މި ގުރުނެގުމުގައި ޢަމަލުކުރާ އުޞޫލުވެސް މި އިޢުލާނާއެކު އާންމުކުރެވިފައިވާނެއެވެ.

އަދި ދަންނަވަމެވެ. ފޯރމް ހުށަހެޅުއްވި ފަރާތުން، އެއްވެސް ސަބަބަކާހުރެ ގުރުނެގުމުގައި ބައިވެރިނުވެވޭނަމަ، އެފަރާތެއްގެ ބަދަލުގައި ގުރުނެގުމުގައި ބައިވެރިވާނެ ފަރާތެއްގެ މަޢުލޫމާތު ހިމެނޭ ގޮތަށް 10 މާރޗް 2021 ވާ ބުދަ ދުވަކުގެ 12:00 ގެ ކުރިން ތުޅާދޫ ކައުންސިލްގެ އިދާރާއަށް ސިޓީހުށަހަޅަންވާނެއެވެ. ފޯރމްހުށަހެޅުއްވި ފަރާތުން ނުވަތަ އެފަރާތުގެ ބަދަލުގައި ގުރުނެގުމަށް ކަނޑައަޅާފައިވާ ފަރާތުންވެސް،ގުރުލުމަށް ޙާޟިރުނުވެއްޖެނަމަ، އެފަރާތުގެ ބަދަލުގައި ގުރުނަގާނީ، ތުޅާދޫން ގޯތި ދޫކުރުމުގެ ވިލަރެސްކުރާ ކޮމިޓީން ކަނޑައަޅާ ފަރާތަކުންނެވެ.

13 ރަޖަބު 1442

25 ފެބުރުވަރީ 2021
ހޯދާ