ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސުކޫލު ގޯތިތެރެ ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އިދާރާއިން ހިންގަމުން ގެންދާ ޕްރީސުކޫލު ގޯތިތެރެއާއި، ސުކޫލާއި އިންވެގެންވާ މަގުތައް ކުނިކަހާ، ނޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 މާރޗް 8 ވާ ހޯމަ ދުވަހުގެ ކުރިން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 ން 13:00 އާ ދެމެދު މި އިދާރާއަށް ދުރުވެ ނުވަތަ 9534722 ނަންބަރު ފޯނާ ގުޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިކަމަށް އެދި ބީލަން ހުށައެޅުން އޮންނާނީ 2021 މާރޗް 18 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި އިދާރާގައެވެ.

               މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގޭ ކްލަބް ޖަމިއްޔާތަކަށެވެ. 

                ވީމާ މިކަން ޢާއްމުކޮށް އެނގުމަށްތަކައި އިޢުލާންކުރީމެވެ.

24 ފެބުރުވަރީ 2021
ހޯދާ