ދިވެހިރާއްޖެ
އިޢުލާން
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އައްޑޫސިޓީން ފެނި، އައްޑޫސިޓީ މޮނިޓަރިންގ ހާލަތަށް ގެނެއުމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު (IUL)426-AB/426/2021/76 (08 ފެބުރުއަރީ 2021) އިޢުލާނާއި އަދި ނަންބަރު (IUL)426-AB/426/2021/78 (09 ފެބުރުއަރީ 2021) އިޢުލާނުން ކައުންސިލުން އަންގާފައިވާ އެންގުންތަކަށް ޢަމަލުކުރުން ހުއްޓާލުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތަށް ކައުންސިލުން ނިންމާފައި ވީނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިތުރު 7 ދުވަހަށް ހުޅުދޫ/މީދޫ ގައި ޚާއްސަ ފިޔަވަޅުތައް އަޅާފައިވާތީ، ބުނެވިދިޔަ އިޢުލާންތަކުން ކައުންސިލުން އަންގާފައިވާ އެންގުންތައް ހުޅުދޫ އަދި މީދޫ އަވަށުގައި ދެމިއޮންނާނެ ކަމުގައި ދަންނަވަމެވެ.
ކައުންސިލުން ޚާއްސަ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް ނިންމި ކަމުގައި ވީނަމަވެސް އައްޑޫ ސިޓީ އަދިވެސް އޮތީ މޮނިޓަރިންގ ހާލަތުގައި ކަމުގައި ދަންނަވަމެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކަށް ލުޔެއް ދީފައިވަނީ އައްޑޫގެ ގުޅިގައިވާ އަވަށްތަކުގެ އެތެރޭގައި އަޅާފައިވާ ފިޔަވަޅުތަކަށެވެ.
މިހާލަތުގައި ވެސް ގިނަމީހުން އެއްވާ ތަންތަނަށް ނުދިއުމަށާއި ގައިދުރުކަން އިސްކުރުމަށާއި ގެއިން ބޭރަށްދާނަމަ މާސްކް އެޅުމަށާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގަވާފައިވާ އެންގުންތަކަށް ޢަމަލުކުރުމަށް އިލްތިމާސް ކުރަމެވެ. އަދި މިސްކިތަށް ދާއިރު މާސްކް އެޅުމަށާއި، މުސައްލަ ގެންދިއުމާއި އެ މީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިލް އެފެއާޒް އިން ހުރިހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައިވެއެވެ.
11 ރަޖަބު 1442