އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައު ކުނިކޮށީގެ މެއިން ގޭޓް މަރާމާތު ކުރުމާ ބެހޭ:

އިޢުލާން

އައު ކުނިކޮށީގެ މެއިން ގޭޓް މަރާމާތު ކުރުމާ ބެހޭ:

             މިކައުންސިލުން އިއުލާންކުރި ނަންބަރ: 343-IUL/343/2020/114 އިއުލާނަށް އެއްވެސް ފަރާތަކުން ހާޒިރުވެފައި ނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

             މިކައުންސިލުގެ ބެލުމުގެ ދަށުގައިވާ އައު ކުނިކޮށީގެ ގޭޓްގެ މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

އާކުނިކޮށީގެ ގޭޓް މަރާމާތު ކުރުމުގެ މަސައްކަތުގެ މައުލޫމާތު.

  • ·         މަސައްކަތުގެ ނަން:      އާކުނިކޮށީގެ ގޭޓްމަރާމާތު މަސައްކަތް
  • ·         ތަން:              ކުނިކޮށި / އއ. ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
  •          މިމަސައްކަތް ކުރަންވާނީ އަމިއްލަ ތަކެތީގައެވެ.

 

ކުރަންޖެހޭ މަރާމާތު މަސައްކަތުގެ ތަފްސީލް

ގޭޓް މަރާމަތުކުރުން

01

އާކުނިކޮށީގެ ގޭޓަށް ބޭނުންވާ މަރާމާތު :

-          އާކުނިކޮށީގެ ގޭޓްގެ ދެދޮރުފަތްފަޅީގަޔާ ދޮރުގެ ކަނީގައި ހަރުކޮށްފައިވާ ހުޅުތައް ހަރުކޮށްފައި ހުރިގޮތް ބަދަލުކުރަން ބޭނުންވާތީ މިކައުންސިލުން އަންގާގޮތެއްގެ މަތިން އެމަސައްކަތް ކުރުން.

02

މަރާމާތު މަސައްކަތަށް ބޭނުންވާ ތަކެއްޗާއި ޓޫލްސް ހޯދަންޖެހޭގޮތް :

-          މަސައްކަތް ކުރަންވާނީ އަމިއްލަތަކެތީގައެވެ.

03

ގޭޓްގެ މަރާމާތު މަސައްކަތް ކުރަންޖެހޭގޮތް :

-          ގޭޓްގެ މަރާމާތު މަސައްކަތެއްގެ ގޮތުގައި ކުރަންޖެހޭ މަސައްކަތަކީ ގޭޓްގެ ދޮރުކަންޏާ ދޮރުފަތް ގަނޑުގައި ހަރުކޮށްފައިވާ ހުޅުފަތްތައް ނައްޓާ ހަމަ އެ ހުޅުފަތްތައް ކުރިން ހަރުކޮށްފައިވާ ކޮޅު ބަދަލުކޮށް އަލުން ވެލްޑިންގ އަޅައިގެން ހަރުކުރުމެވެ. ވެލްޑިންގ ކަނޑާ ހުޅުފަތްތައް ނެއްޓުމަށްފަހު ހަރުކުރުމުގެ ކުރިން ކައުންސިލުން މިމަސައްކަތް މޮނިޓަރ ކުރުމަށް ހަވާލުކޮށްފައިވާ ފަރާތަކަށް އަންގާ އަލުން ހަރުކުރުމުގެ މަސައްކަތް ކުރަންވާނީ އެފަރާތެއްގެ ޙާޟިރުގައެވެ. އަދި ހުޅުހަރުކޮށް ގޭޓްދޮރުފަތްގަނޑު އެޅުވުމުގެ ކުރިން ކައުންސިލުން ކަނޑައަޅާފައިވާ ފަރާތަށް ދައްކާ ޗެކްކުރަންވާނެއެވެ.

04

ވެލްޑިންގ އެޅުމާއި ދަވާދުލުން :

-          ވެލްޑިންގ އަޅާފައި ހުންނަންވާނީ ދަގުއި ނުހުންނާނެހެންނެވެ. މަސައްކަތް މޮނިޓަރ ކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ފަރާތުން ވެލްޑިންގ ރަނގަޅު ނޫންކަމަށް ބުނެފިނަމަ އެތަނެއް އަލުން ދަގުއިތަޅާ ވެލްޑިންގ އަޅަންވާނެއެވެ. ވެލްޑިންގ ކޮށްފައިވާ ތަންތަނަށް ކައުންސިލްގެ މޮނިޓަރިންގ ފަރާތުން އޯކޭ ދިނުމުން ދަވާދުލާން ވާނެއެވެ.

 

މަސައްކަތުގެ ފެންވަރު ބެލުން :

-          މަސައްކަތް ފެށުނީއްސުރެ ނިމެންދެން ދޭތެރެ ދޭތެރެއިން މަސައްކަތް މޮނިޓަރ ކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ފަރާތުން މަސައްކަތުގެ ފެންވަރު ބަލަމުން ގެންދާނެއެވެ. އަދި މަސައްކަތް ނިމުމުންވެސް ކޮށްފައިވާ މަސައްކަތުގެ ފެންވަރު ބަލާޗެކް ކުރާނެއެވެ. ފެންވަރު ދަށްކަމަށް ވާނަމަ ފެންވަރު ދަށްކޮށް ކޮށްފައިވާ މަސައްކަތެއް އަލުން ކުރުމަށް އަންގާނެއެވެ.

                   މިދެންނެވުނު މަސައްކަތްތައް ކޮށްދިނުމަށް ސައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކޮށްދިނުމަށްއެދި ހުށައަޅާ ލިޔުން ހިއްޕަވައިގެން 7 މާރޗް 2021ވާ އާދިއްތަ ދުވަހުގެ 13:00އަށް މިކައުންސިލް އިދާރާއަށް ދުރުވުމަށް ދަންނަވަމެވެ. ލިޔުންތައް ކެނޑުން ކުރިޔަށް ދާނީ ހާޒިރުވާ އެންމެހައި ފަރާތްތަކުގެ ހާޒިރުގައެވެ. މަސައްކަތް ހަވާލުކުރެވޭނީ އެންމެ ކުޑަ އަގު ހުށައަޅާ ފަރާތަކަށެވެ. ނަމަވެސް ހުށައަޅާ އަގު ހުށައެޅުމުގައި ގިނަފަރާތްތަކެއް އެއްވަރުވެއްޖެނަމަ މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ގުރުއަތުލައިގެންނެވެ.

                    ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

                    23 ފެބުރުއަރީ 2021

23 ފެބުރުވަރީ 2021
ހޯދާ