މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ޚާއްޞަ އަސްކަރީ ތަމްރީނުތަކެއް ބޭއްވުން

އިޢުލާން

 

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ މެރިންކޯރ ބޭސިކް-6 ގެ ފައިނަލް އެކްސަސައިޒް، 23 ފެބްރުވަރީ 2021 އިން 25 ފެބްރުވަރީ 2021 އަށް މިއިން ކޮންމެ ދުވަހެއްގެ 18:00 އިން އަނެއްދުވަހުގެ 06:00 އަށް ލ. ފޮނަދޫ އަދި ލ. ގާދޫގައި ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަޙައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަޙައްދު ބޭނުންކުރާނެ ގޮތުގެ ތަފްޞީލް

 

1. ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް:                  

މިނީފްލޭއަރ، ޓްރިޕް ފްލޭއަރ

2. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިން:               

200 މީޓަރ

3. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ އުސްމިން:              

100 މީޓަރ

4. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރިމިން:

ސީ-ލެވެލް

5. ވައިގެ ސަރަޙައްދު ބޭނުންކުރާނެ ޑައިރެކްޝަން:

ލ. ފޮނަދޫ އަދި ލ. ގާދޫ އާއި ދިމާމަތި

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

23 ފެބުރުވަރީ 2021
ހޯދާ