ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ކަރުދާސްފޮށި ގަތުމަށް

 ނަންބަރު: 120/1/2021/17 (IUL)     

 

އިޢުލާނު

 

ކަރުދާސްފޮށި ގަތުމަށް

މި ޑިޕާޓްމަންޓުގެ ބޭނުމަށް 3000 ކަރުދާސްފޮށި ސަޕްލައިކޮށްދޭނެ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެއްކޮށް ހިމަނާފައިވާ ބިޑު ފޮތުގައިވާ ސެކްޝަން 7 ގައިވާ މަޢުލޫމާތާއި އެއްގޮތަށް
  • އިތުރު މަޢުލުމާތު ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލް ކޮށްގެން ކުރިއަށް ގެންދިއުން އެދެމެވެ.

ކޯޓޭޝަން އުޞޫލު

މި 3000 ކަރުދާސްފޮށި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުން ކުރަންޖެހޭ ކޯޓޭޝަން އުޞޫލު މި އިޢުލާނާއެކު ހުށަހަޅާފައި ވާނެއެވެ. އޭގައި މިކަމާގުޅޭ މަޢުލޫމާތުތައް އެކުލެވިފައިވާނެއެވެ. މި އުޞޫލު [email protected] އަށް މެއިލް ކޮށްގެން ވެސް ހޯދިދާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން

މި 3000 ކަރުދާސްފޮށި ސަޕްލައިކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ފަހު ބިޑު ޑޮކިއުމަންޓުގައިވާ އެންމެހައި ލިޔުންތަކެއް ފުރިހަމަކޮށްގެން، ހުށަހަޅާ ފަރާތްތަކުން 2021 މާރިޗު 02 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ، ހ.އަސްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓީންގ ރޫމުގައެވެ.

ބިޑު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް 2021 މާރިޗު 02 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ފުރިހަމަކޮށްފައިނުވާ އަދި ރަޖިސްޓްރީވާން ކަނޑައަޅާފައިވާ ވަގުތަށްފަހު، ރަޖިސްޓްރީވުމަށް އެދިފައިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

11 ރަޖަބު    1442

23 ފެބުރުއަރީ  2021

 

23 ފެބުރުވަރީ 2021
ހޯދާ