ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން

ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން

                             ކޮޅުމަޑުލު ވަންދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 2000 (ދެހާސް) އަކަފޫޓުގެ 12 (ބާރަ) ގޯއްޗަށް އެދުމުގެ ފުރުޞަތު 23 ފެބްރުއަރީ 2021 ވަނަ ދުވަހުން ފެށިގެން 7 މާޗު 2021 ވާ އާދީއްތަ ދުވަހުގެ 12:00 އަށް ހުޅުވާލައިފީމެވެ.

                            ގޯއްޗަށް އެދުމުގެ ޝަރުތުހަމަވާ ފަރާތްތަކުން "ދިރިއުޅުމަށްޓަކައި ކޮޅުމަޑުލު ވަންދޫއިން ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

ގޯއްޗަށްއެދި ހުށަހެޅުން

  1. ގޯއްޗަށް އެދޭ ފޯމް ދޫކުރުމާއި ފޯމް ބައިލަގަތުން އޮންނާނީ ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 12:00 އާ ދެމެދުއެވެ.
  2. ގޯއްޗަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ގޯއްޗަށް އެދޭ މީހާ ނުވަތަ އޭނާގެ ބަދަލުގައި ފޮނުއްވާ މީހަކު މި އިދާރާއަށް ދުރުވުމުންނެވެ. ބަދަލުގައި މީހަކު ފޯމު ބަލައިގަތުމަށް ފޮނުއްވާނަމަ ސިޓީއެއް ފޮނުއްވަން ވާނެއެވެ. އެ ސިޓީގައި ފޯމު ޙަވާލުވާނޭ ފަރާތުގެ ނަމާއި އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު އޮންނަންވާނެއެވެ. ބަދަލުގައި އެހެންފަރާތަކުން ފޯމު ހުށަހަޅާނަމަ ފޯމުގައި އެފަރާތެއްގެ މައުލޫމާތު ހިމަނައި ފޯމު ހިފައިގެން ވަޑައިގަންނަވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ފޯމާއިއެކު ހުށަހަޅަންވާނެއެވެ.

ގޯއްޗަށްއެދި ކުރިމަތިލާ ފަރާތްތަކުގެ ޝަރުޠުތައް

(ހ) ދިވެހިރައްޔިތެއްކަމުގައިވުން

(ށ) ޢުމުރުން 18 އަހަރުވެފައިވުން

(ނ) ބަންޑާރަގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން

(ރ) އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބައެއް ދިރިއުޅުމައްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލުން.

(ބ) ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެނަމުގައި ރަޖިސްޓްރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހައްވުރެ ގިނަ ދުވަސް ވެފައިވުން.

(ޅ) އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

(ކ) ގޯއްޗަށް އެދިފައިވާ ފަރާތުގެ ބެލުމުގެ ދަށުގައިވާ އުފަންދަރީންނާއި، އެމީހަކަށް ޝަރުޢީގޮތުން ބަލަން ޖެހިފައިވާ މީހުންގެ ޢަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއްލިބި، ނުވަތަ އޮވެ، އެ ގޯއްޗަކާމެދު ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް، އެ މީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް ވަންދޫ ކައުންސިލްގެ ގޯތި ދޫކުރުމުގެ ކޮމެޓީއަށް ފެނުން.

(އ)  ބަންޑާރަގޯތި ދޫކުރުމުގައި ގޯއްޗަށް އެދިކުރިމަތިލާ އެއްވެސް ފަރާތަކަށް ދެގޯތި ނުލިބޭނެކަން ކަށަވަރު ކުރުމަކީ، ޤާނޫނު ނަންބަރު 2002/1 ( ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އިން ލާޒިމްކުރާ ކަމަކަށްވާތީ  ގޯއްޗަށް އެދި ކުރިމަތިލާ އެއްވެސް ފަރާތަކަށް ދެގޯތި ނުލިބޭނެކަން ކަށަވަރު ކުރުމަށްޓަކައި އެފަރާތަކަށް ބަންޑާރަ ގޯއްޗަކުން ތަރިކައިން ލިބެން އޮތްބައި ދޫކޮށްލަން އެއްބަސްވާ އިޤްރާރު ހުށަހެޅުން. މިދެންނެވި އިޤްރާރު ހުށަނާޅާ އެއްވެސް ފަރާތަކަށް ގޯތި ދޫނުކުރެވޭނެއެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  1. ގޯއްޗަށް އެދޭމީހާގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސްކޭން ކޮޕީ (ދެފުށް)
  2. ގޯއްޗަށް އެދޭ މީހާއަކީ ކައިވެންޏެއް ކޮށްގެން އުޅޭމީހެއްނަމަ ކައިވެނީގެ ސެޓްފިކެޓްގެ ސްކޭން ކޮޕީ (ހުރިހާ ޞަފްޙާއެއް)
  3. ގޯއްޗަށް އެދޭ މީހާއަކީ ކައިވެންޏެއް ކޮށްވަރިވެފައިވާ މީހެއްނަމަ ވަރީގެ ސެޓްފިކެޓްގެ ސްކޭން ކޮޕީ (ހުރިހާ ޞަފްޙާއެއް)
  4. ގޯއްޗަށް އެދޭ ފަރާތުގެ އުފަން ދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީ
  5. ގޯއްޗަށްއެދޭ ފަރާތުގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު (ދެފުށް)
  6. ޚާއްޞައެހީއަށް ބޭނުންވާ މީހެއްނަމަ ނުވަތަ އެފަދަ ކުއްޖަކު ބަލާނަމަ، ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީއިން އެފަރާތަކަށް ދޫކޮށްފައިވާ ލިޔުމުގެ ސްކޭން ކޮޕީ.
  7. ޝަރުޢީ ގޮތުން ބެލެނިވެރިކަން މަތިކޮށްފައިވާ ކުއްޖަކު ބަލާނަމަ އެކަން އެނގޭފަދަ ޝަރުޢީ ލިޔުމުގެ ސްކޭން ކޮޕީ
  8. ފުރަތަމަ ޑިގުރީން ފެށިގެން މަތީ ތަޢުލީމީ ސެޓްފިކެޓެއްގެ ސްކޭން ކޮޕީ (އަތޮޅުން ބޭރުގެ ފަރާތްތަކުން)
  9. 600  އަކަފޫޓު ނުވަތަ އެއައްވުރެ ބޮޑު ގޯއްޗެށް އެހެން ރަށަކުން އޮވެ އެބިން ދޫކޮށްލާނެ ކަމުގެ އިޤުރާރުގެ ސްކޭން ކޮޕީ (ކައުންސިލުން ކަނޑައަޅާ ފޯމެޓްގައި)
  10. ފުލެޓެއް ނުވަތަ ރޯހައުސެއް އޮތް ފަރާތެއްނަމަ އެ ތަން ދޫކޮށްލާނެ ކަމުގެ އިޤުރާރުގެ ސްކޭން ކޮޕީ (ކައުންސިލުން ކަނޑައަޅާ ފޯމެޓްގައި)
  11. ވަންދޫގައި ދިރިއުޅޭކަން އަންގައިދިނުމަށް ބޭނުންވާ ލިޔުމުގެ ސްކޭން ކޮޕީ (މި ލިޔުންތަށް ހުށައެޅި ނަމަވެސް އިތުރަށްކަށަވަރު ކުރުމަށް ކައުންސިލުން އިތުރަށް ބަލާނެއެވެ.)
  12. ގޯއްޗަށްއެދި ހުށަހަޅާފަރާތަކަށް ބަންޑާރަ ގޯއްޗަކުން ތަރިކައިން ލިބެން އޮތްބައި ދޫކޮށްލަން އެއްބަސްވާ އިޤުރާރުގެ ސްކޭން ކޮޕީ

 

ލިބޭގޯތިކަނޑައެޅުން

ލިބޭގޯތި ކަނޑައަޅާނީ ކޮޅުމަޑުލު ވަންދޫއިން ދިރިއުޅުމަށް ބަންޑާރަގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓްދޭ އުސޫލުގެ ތެރެއިން 50 އިންސަތައަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ. ގުރުއަތުލާނީ އަންނަނިވި ގޮތަށެވެ.

  • ގޯތި ލިބޭނީ އެންމެ މަތިން ޕޮއިންޓްލިބޭ 12 މީހުންނަށެވެ. ނަމަވެސް ދެމަފިރިއަކު މި ލިސްޓްގައި ހިމެނޭނަމަ ކޮންމެ ވެސް އެކަކު އުނިކުރެވޭނެއެވެ. އުނިކުރާނެ ފަރާތެއް ކަނޑައަޅާނީ އެދެފަރާތުން ވާހަކަ ދެއްކުމަށްފަހުގައެވެ. އަދި އެ ގޮތަށް ގޮތެއް ނުނިންމިއްޖެނަމަ ދެމީހުންގެ މެދުގައި ގުރުއަތު ނަގާނީއެވެ.
  • 12 ވަނަ އަށް އެއްފަރާތަށްވުރެ ގިނަފަރާތަށް އެއް އަދަދަކަށް ޕޮއިންޓް ލިބިފައިވާނަމަ އެ ފަރާތްތަކެއްގެ މެދުގައި ގުރުއަތުނަގައި ތަރުތީބު ކުރަންވާނެއެވެ. އެއްވަނަ އަށް ނަގާފަރާތް ވާނީ ގޯތިލިބޭ ލިސްޓްގެ 12 ވަނަ މީހާއަށެވެ. އަދި ދެންތިބި މީހުން ވެއިޓިންގ ލިސްޓްގެ ތަރުތީބަށް ހަމަޖެހިގެން ދާނީއެވެ.

 

ހުށަހަޅާ ހުރިހާ ލިޔުމެއް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭ ފެންވަރަށް ސްކޭން ކޮށްފައެވެ. އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި މަޢުލޫމާތު ފުރިހަމަ ނުވާ ފޯމްތަކާއި، ޞައްޙަ ނޫން މަޢުލޫމާތު ހިމެނޭ ފޯމްތައް ބާޠިލު ކުރެވޭނެއެވެ.

 

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

#

ޕޮއިންދެވޭ ބައިތައް

ޕޮއިންޓް

ވަންދުއަށް ހިޖުރަކުރިފަހުން ވީ މުއްދަތު

1. 

1 އަހަރު ފުރި 5 އަހަރު ނުފުރޭ

10

2. 

5 އަހަރު ފުރި 10 އަހަރު ނުފުރޭ

15

3. 

10 އަހަރު ފުރި 15 އަހަރު ނުފުރޭ

20

އުމުރު

4. 

އުމުރުން 18 އަހަރާ 25 އަހަރާ ދެމެދު

5

5. 

އުމުރުން 26 އަހަރުން މަތި

7

ކައިވެނި

6. 

ފޯމު ހުށަހެޅިއިރު ހުރީ ކައިވެންޏެއްގެ މަތީގައިނަމަ

20

ކައިވެނިކޮށްގެން ހޭދަކުރި މުއްދަތު

7. 

5 އަހަރު ނުވާނަމަ

1

8. 

5 އަހަރަށްވުރެ އިތުރުނަމަ އަހަރަކަށް

1

9. 

ކައިވެނި ރޫޅިފައިވީނަމަވެސް ބެލުމުގެދަށުގައި ދަރިން ތިބިނަމަ

15

8 ގައި މިގޮތުން ގިނަވެގެން ދެވޭނީ 6 ޕޮއިންޓް

ދަރިންގެ ބައި

10. 

 18 އަހަރުންދަށުގެ ދަރިއަކު ހުރިނަމަ

5

11. 

 18 އަހަރުންދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ ކުއްޖަކަށް

4

12. 

18 އަހަރުންދަށުގެ ހާއްސައެހީއަށް ބޭނުންވާ ދަރިއަކުހުރިނަމަ

3

13. 

18 އަހަރުންދަށުގެ ހާއްސައެހީއަށް ބޭނުންވާ އެއްކުއްޖަކަށް ވުރެ ގިނަކުދިން ތިބިނަމަ ކުއްޖަކަށް

4

11 ގައި މިގޮތުން ގިނަވެގެން ދެވޭނީ 16 ޕޮއިންޓް

13 ގައި މިގޮތުން ގިނަވެގެން ދެވޭނީ 8 ޕޮއިންޓް

މައިންބަފައިންގެ ބައި

14. 

ބައްޕަ ބަލަމުންދާނަމަ

3

15. 

މަންމަ ބަލަމުންދާނަމަ

3

16. 

މައިންބަފައިންނާއި ދަރިން ފިޔަވައި ޝަރުއީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުންދާނަމަ

3

17. 

ރަށުން ބޭރުމީހަކު ވަންދުއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާނަމަ

5

ޕޮއިންޓް އުނިކުރުމަށް ހަމަޖެހިފައިވާ ގޮތް

ގޯއްޗަށް އެދޭ ފަރާތައް ކުރިން ލިބިފައިވާ ގޯތީގެ މައުލޫމާތު

1. 

ވިއްކާފައިވާނަ

40

2.

ދީފައިވާނަ

40

މަންމަ/ބައްޕަ ނުވަތަ މިދެމީހުންގެ އެއްމެދު ގޯއްޗެއް ރާއްޖޭގެ އެއްވެސް ރަށެއްގައި އޮވެފައި އެ ގޯތީގެ ވެރިފަރާތުގެ ދަރިންގެ ތެރޭގައި ފޯމް ހުށަހަޅާ ފަރާތް ހިމެނި އޮވެފައި ގޯތިލިބިފައިނުވާ ދަރިންގެ މެދުގައި ބެހުމުން ބަޔަކަށްޖެހޭ އަދަދު

އެއްމެދު ގޯތި

3.

600 އަކަފޫޓާއި 800 އަކަފޫޓާ ދެމެދުގެ ބައެއް ލިބެން އޮތްނަމަ

30

4.

800 އަކަފޫޓާއި 1200 އަކަފޫޓާ ދެމެދުގެ ބައެއް ލިބެން އޮތްނަމަ

35

5.

1200 އަކަފޫޓަށްވުރެ ބޮޑުނަމަ

40

ބައްޕަގެ ގޯތި

6.

600 އަކަފޫޓާއި 800 އަކަފޫޓާ ދެމެދުގެ ބައެއް ލިބެން އޮތްނަމަ

30

7.

800 އަކަފޫޓާއި 1200 އަކަފޫޓާ ދެމެދުގެ ބައެއް ލިބެން އޮތްނަމަ

35

8.

1200 އަކަފޫޓަށްވުރެ ބޮޑުނަމަ

40

މަންމަގެ ގޯތި

9.

600 އަކަފޫޓާއި 800 އަކަފޫޓާ ދެމެދުގެ ބައެއް ލިބެން އޮތްނަމަ

30

10.

800 އަކަފޫޓާއި 1200 އަކަފޫޓާ ދެމެދުގެ ބައެއް ލިބެން އޮތްނަމަ

35

11.

1200 އަކަފޫޓަށްވުރެ ބޮޑުނަމަ

40

ގޯއްޗަށް އެދިފައިވާ މީހާގެ އަނބި / ފިރިމީހާއަށް ރާއްޖޭގެ އެއްވެސް ރަށަކުން ބިމެއް ލިބެން އޮތްނަމަ

އެއްމެދު ބައި

12.

600 އަކަފޫޓާއި 800 އަކަފޫޓާ ދެމެދުގެ ބައެއް ލިބެން އޮތްނަމަ

10

13.

800 އަކަފޫޓާއި 1200 އަކަފޫޓާ ދެމެދުގެ ބައެއް ލިބެން އޮތްނަމަ

20

14.

1200 އަކަފޫޓަށްވުރެ ބޮޑުނަމަ

30

ބައްޕަގެ ގޯތި

15.

600 އަކަފޫޓާއި 800 އަކަފޫޓާ ދެމެދުގެ ބައެއް ލިބެން އޮތްނަމަ

10

16.

800 އަކަފޫޓާއި 1200 އަކަފޫޓާ ދެމެދުގެ ބައެއް ލިބެން އޮތްނަމަ

20

17.

1200 އަކަފޫޓަށްވުރެ ބޮޑުނަމަ

30

މަންމަގެ ގޯތި

18.

600 އަކަފޫޓާއި 800 އަކަފޫޓާ ދެމެދުގެ ބައެއް ލިބެން އޮތްނަމަ

10

19.

800 އަކަފޫޓާއި 1200 އަކަފޫޓާ ދެމެދުގެ ބައެއް ލިބެން އޮތްނަމަ

20

20.

1200 އަކަފޫޓަށްވުރެ ބޮޑުނަމަ

30

21.

އަނބި ނުވަތަ ފިރި މަރުވެ، ހުވަފަތްވެފައިވާ މީހާ ދިރިއުޅެނީ ނިޔާވެފައިވާ ފިރިމީހާ ނުވަތަ އަނބިމީހާގެ ގެދޮރުގައި ކަމުގައިވާނަމަ، ނުވަތަ ދަރިއެއްގެ އަމިއްލަ ގެދޮރުގައި ކަމުގައި ވާނަމަ

50

         

 

                             މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.

23 ފެބުރުވަރީ 2021
ހޯދާ