ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ލީގަލް ކައުންސެލް، ސިވިލް ސަރވިސް ކޮމިޝަން

މަޤާމު:

ސީނިއަރ ލީގަލް ކައުންސެލް

ރޭންކު:

CSC7-1

ކްލެސިފިކޭޝަން:

ސީ.އެސް.ސީ ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

ސެކްޝަން:

އެމްޕްލޯއީ ރިލޭޝަންސް

ސެކްޝަނުގެ މައިގަނޑު މަސައްކަތް:

ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދާ ގުޅިގެން ކޮމިޝަނުން ކުރަންޖެހޭ ކަންތައްތައް ރާވާ ހިންގުމާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ސިވިލް ސަރވިސް ކޮމިޝަން ތަމްސީލު ކުރުން އަދި މީޑިއޭޓް ކުރުމަށް ކަނޑައަޅާ މައްސަލަތައް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބަލައި ނިންމުން

މުސާރަ:

މަހަކު -/16148 ރުފިޔާ

ސަރވިސް އެލަވަންސް:

ހާޟިރުވާ ދުވަހަކަށް -/225 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު -/5651.80 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

އަސާސީ ޝަރުތު:

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން މާސްޓަރސް ޑިގްރީ ފުރިހަމަކޮށްފައިވުމާއެކު، ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން ބެޗެލަރސް ޑިގްރީ ފުރިހަމަކުރުމަށް ފަހު 5 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

ނުވަތަ،

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން ބެޗެލަރސް ޑިގްރީ ފުރިހަމަކުރުމަށް ފަހު، 6 އަހަރު ދުވަހުގެ މަސައްކަތާގުޅޭ އަމަލީ ތަޖުރިބާ ލިބިފައިވުން އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. އެމްޕްލޯއީ ރިލޭޝަންސް ސެކްޝަނުގެ މަސައްކަތްތައް ރާވާ ހިންގުމާއި، މޮނިޓަރކޮށް ސުޕަރވައިޒްކުރަންޖެހޭ މުވައްޒަފުން ސުޕަރވައިޒްކުރުން.
  2. ސެކްޝަނުގެ މަސައްކަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ ސްޓްރެޓެޖީތަކާއި އުސޫލުތައް އެކުލަވާލައި، އެއާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުން.
  3. ކޮމިޝަނުން ދައުވާކުރާ އަދި ކޮމިޝަނަށް ދައުވާރައްދުވާ މައްސަލަތަކުގައި ޓްރައިބިއުނަލްތަކާއި ކޯޓުތަކުގައި ކޮމިޝަން ތަމްސީލު ކުރުމަށްޓަކައި އެ ކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި، އެފަދަ މައްސަލަތަކުގައި ކޮމިޝަން ތަމްސީލު ކުރުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  4. ކޮމިޝަނުން ދައުވާކުރާ އަދި ކޮމިޝަނަށް ދައުވާރައްދުވާ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތުކުރުން.
  5. ކޮމިޝަނުގެ މަސައްކަތްތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މައުލޫމާތުދޭންޖެހޭ ޙާލަތްތަކުގައި އެ މައުލޫމާތު ދިނުމާއި، މަޢުލޫމާތު ދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް މަޢުލޫމާތުދޭން ހާޟިރުވާންޖެހޭ ބައްދަލުވުންތަކަށް ހާޟިރުވެ ޤާނޫނާއި ގަވާއިދާ ގުޅޭ ކަންކަމުގައި ޖަވާބުދާރީން ވާންޖެހޭ ހާލަތްތަކުގައި ޖަވާބުދާރީވުން.
  6. އެޑްވައިޒަރީ ކޮމެޓީއަށް ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމާއި، އެ ކޮމެޓީއަށް ބޭނުންވާ ގާނޫނީ ލަފާ ދިނުން.
  7. ކޮމިޝަނާއި ކޮމިޝަނުގެ އިދާރާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ޤާނޫނީ ލަފަޔާއި މަޝްވަރާ ދިނުން.
  8. ކޮމިޝަނުގެ ފަރާތުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތައް އެކުލަވާލައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އެ މަސައްކަތްތައް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  9. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އެ މަސައްކަތްތައް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  10. ދިވެހި ސިވިލް ސަރވިސްގެ އީ-ބުކް އަޕްޑޭޓްކޮށް، ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މަސައްކަތްތައް ކުރުމާއި، އެ މަސައްކަތްތައް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  11. ސިވިލް ސަރވިސް މުވައްޒަފުންނަކީ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ފަރާތްތަކެއްކަމުގައި ހެދުމަށްޓަކައި ތަފާތު ވަސީލަތްތައް ބޭނުންކޮށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ހަރަކާތްތަކާއި، ކަންތައްތައް ރަވާއި ހިންގުމަށްޓަކައި ކަމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އެ މަސައްކަތްތައް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  12. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު، އަދި ޤާނޫނާއި ގަވާއިދަށް ގެންނަ އިސްލާހުތައް އިނގިރޭސިބަހަށް ތަރުޖަމާކޮށް، ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އެ މަސައްކަތްތައް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  13. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައި ހުންނަ ކަންތައްތައް އިތުރަށް ސާފުކުރުމަށް ނުވަތަ ގަވާއިދާގުޅޭ ވަކި ކަމެއްގައި އަމަލުކުރާނެ ގޮތުގެ ލަފައަކަށްއެދި އެކި ފަރާތްތަކުން ހުށަހަޅާ މައްސަލަތަކަށް ހަމަޖެހިފައިވާ އުސޫލުން ޖަވާބުދިނުން.
  14. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައި ވަކި ގޮތަކަށް ކަނޑައަޅާފައިވާ ކަންތައްތަކަށް އިސްތިސްނާއެއް ގެނައުމަށް ހުށަހަޅާ މައްސަލަތަކަށް ހަމަޖެހިފައިވާ އުސޫލުން ޖަވާބު ދިނުން.
  15. ސިވިލް ސަރވިސްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ޚިދުމަތްތަކާއި މުވައްޒަފުންނާބެހޭ ގޮތުން ހުށަހަޅާ ޝަކުވާތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުން އެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އެ މަސައްކަތްތައް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  16. ސިވިލް ސަރވިސްގެ މުވައްޒަފުން ހުށަހަޅާ ޝަކުވާތަކާއި ވަޒީފާއާއި ވަޒީފާގެ މަސްއޫލިއްޔަތުތަކާބެހޭ ގޮތުން އެކި ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުން އެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އެ މަސައްކަތްތައް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  17. ޒިންމާދާރުވެރިންނާއި، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި އަދި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފަށް ޢަމަލުކުރާކަމަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަޙުޤީޤުކޮށް ފިޔަވަޅުއެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އެ މަސައްކަތްތައް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  18. ސިވިލް ސަރވިސްގެ އިދާރާތަކުގައި ދިމާވާ މައްސަލަތަކުގައި އިސްލާހީ ފިޔަވަޅު އެޅުމަށް ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މީޑިއޭޝަންގެ އުސޫލުން ހައްލުކުރެވޭނެ މައްސަލަތައް ފާހަގަކޮށް އެ ފަދަ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އެ މަސައްކަތްތައް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  19. ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން އިސްލާހީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅު އެޅުން.
  20. ސިވިލް ސަރވިސްގެ މުވައްޒަފުންގެ މެދުގައި އުފެދޭ މައްސަލަތަކުގެ ތެރެއިން އިދާރާތަކުން ހައްލުކުރުމަށް ދަތިވެގެން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް މަޝްވަރާކޮށްގެން ހައްލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އެ މަސައްކަތްތައް ކުރުވުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2021 މާރިޗު 2 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (މަޖީދީ މަގު، މާލެ، 20040) ނުވަތަ ކޮމިޝަނުގެ އީމެއިލް އެޑްރެސް [email protected] އަށެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv/dv/downloads/1215) އަދި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6 .މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ   ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)    އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. (މި ފޯމު ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައަޅާފައިވާ އިންސައްތަ: 10)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައަޅާފައިވާ އިންސައްތަ: 10)
  • ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިންސައްތަ: 80)
    • އެޕްޓިޓުއުޑް ޓެސްޓް - 10 އިންސައްތަ
    • ޤާނޫނާއި ގަވާއިދު ޓެސްޓް - 10 އިންސައްތަ
    • ހިންގުމުގެ ހުނަރު ޓެސްޓް - 10 އިންސައްތަ
    • އިންޓަވިއު އަދި ޕްރެޒެންޓޭޝަން - 50 އިންސައްތަ

 

ޝޯޓްލިސްޓު ކުރެވޭނެ ކްރައިޓީރިއާ:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު،2021 މާރިޗު 3 ން 2021 މާރިޗު 24 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (މަޖީދީމަގު، މާލެ 20040) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްޞީލު އާއްމުކުރުން އަދި ޝަކުވާ ހުށަހެޅުން:

 

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ތަފްޞީލު ކޮމިޝަނުގެ ވެބްސައިޓުގައި އާއްމުކުރެވޭނެއެވެ. އަދި މިކަމާ ގުޅިގެން ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، މަޢުލޫމާތު އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307359 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected]  އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަނުގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.

 

 

10 ރަޖަބު 1442

22 ފެބުރުވަރީ 2021

22 ފެބުރުވަރީ 2021
ހޯދާ