ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ ކުނިވާޒާތުގެ ކުނިބޭރުކުރުން

މި އިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް ދ.ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެނެވޭ ކުނިވާ ޒާތުގެ އެއްމެހާ ތަކެތި ކަނޑަށް އުކާދޭނެ ފަރާތެއް ހޯދުމަށް 22 ޖެނުއަރީ 2020 ގައި މިއިދާރާއިން ކޮށްފައިވާ ނަންބަރު: C-381/I/2020/03 އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅާ އަދި އެބީލަން ކާމިޔާބު ކުރައްވާފައިވާ ފަރާތުގެ ކޮންޓްރެކްޓް މުއްދުތު ހަމަވާތީވެ، އެމަސައްކަތް ކޮށްދޭނެ ފަރާތްތަކަށް މި ބީލަމުގައި ބައިވެސް ވުމުގެ ފުރުސަތު ހުޅުވާލަމެވެ.

  • މި މަސައްކަތާއި ގުޅިގެންދެވޭ މަޢުލޫމާތު ދިނުންއޮންނާނި  24 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ 13.00 ގައި  މަލްޓިޕާޕަސް އިމާރާތުގެ ސެމިނާރ ރޫމްގައެވެ.
  • އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 03 މާރިޗު 2021 ވާ ބުދަ ދުވަހުގެ 13.00 ގައި މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނާރ ރޫމްގައެވެ.
  • މައުލޫމާތު ނުނަގާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.    
21 ފެބުރުވަރީ 2021
ހޯދާ