ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް ހޯދުމަށް

އިޢުލާން

ކޮންޕިޔުޓަރ ސިސްޓަމް ގަތުމަށް

މިޑިޕާޓްމަންޓުގެ ބޭނުމަށް 10 ކޮމްޕިޔުޓަރ ސިސްޓަމް ސަޕްލައިކޮށްދިނުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެއްކޮށް ހިމަނާފައިވާ ބިޑް ފޮތުގައިވާ ސެކްޝަން 7 ގެ ސްޕެސިފިކޭޝަން އާއި އެއްގޮތަށް
  • އިތުރު މަޢުލުމާތު ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކޮށްގެން ކުރިއަށް ގެންދެވުން އެދެމެވެ.

 

ކޯޓޭޝަން އުޞޫލު

މި 10 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުން ކުރަންޖެހޭ ކޯޓޭޝަން ޢުޞޫލު މި އިޢުލާނާއެކު ހުށަހަޅާފައި ވާނެއެވެ. އޭގައި މިކަމާގުޅޭ ހުރިހައި މަޢުލޫމާތުތަކެއް އެކުލެވިފައިވާނެއެވެ. މި ޢުޞޫލު [email protected] އަށް މެއިލް ކޮށްގެން ވެސް ހޯދިދާނެއެވެ.

 

 

އަންދާސީ ހިސާބު ހުށަހެޅުއްވުން

 

މި 10 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ފަހު އަދި ބިޑް ޑޮކިއުމަންޓުގައިވާ އެންމެހައި ލިޔުންތަކެއް ފުރިހަމަކޮށްގެން، ހުށަހަޅާ ފަރާތްތަކުން 2021 މާރިޗު 01 ވާ ހޯމަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ،

ހ.އަޝްރަފީވިލާ

 3 ވަނަ ފަންގިފިލާގެ މީޓީންގ ރޫމުގައެވެ.

ބިޑް ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް 2021 މާރިޗު 01 ވާ ހޯމަ ދުވަހުގެ 10:00ގެ ކުރިން ރަޖިޓްރީވާ  ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ފުރިހަމަކޮށްފައިނުވާ އަދި ރަޖިސްޓްރީވާން ކަނޑައަޅާފައިވާ ވަގުތަށްފަހު، ރަޖިސްޓްރީ ވުމަށް އެދިފައިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

 

10 ރަޖަބު    1442

22 ފެބުރުއަރީ 2021

22 ފެބުރުވަރީ 2021
ހޯދާ