މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަވާއިދާއި ޚިލާފަށް ބޭނުންކުރާ ބިންތައް ހުސްކުރުމާއި ގުޅޭ

 

 

 

                                      (IUL)337/337/2021/14   ނަމްބަރ

 

އިޢުލާން

 

    

ގަވާއިދާއި ޚިލާފަށް ބޭނުންކުރާ ބިންތައް ހުސްކުރުމާއި ގުޅޭ

 

             

                މިކައުންސިލްގެ ހުއްދަނެތި ގަވާއިދާ ޚިލާފަށް މާފުށީގެ ބިންތަކުގައި އެކިއެކި ބޭނުންތަކަށް ޢިމާރާތްކޮށް، ތަކެތި ބަހައްޓާފައިވާ ކަމަށް މިއިދާރާއަށް ފާހަގަކުރެވިފައިވާތީ، މިގޮތަށް ގަވާއިދާ ޚިލާފަށް ބަހައްޓާފައިހުރި ތަކެއްޗާއި ކޮށްފައިވާ ޢިމާރާތް، މިއަދުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ނެގުމަށާއި، ހުއްދަނެތި އެއްވެސް ބޭނުމެއް ކުރަމުންދާނަމަ އެކަމެއް ހުއްޓާލުމަށާއި، ބިންތަކުގައި އެއްވެސް ފަރާތަކުން މަސައްކަތެއް ކުރަމުންދާނަމަ އެކަމެއް ވަގުތުން ހުއްޓާލުމަށް އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

                މި މުއްދަތު ހަމަވުމުން ނުގެންގޮސް ހުރި ތަކެތި މިއިދާރާގެ ފަރާތުން ކަމާއި ގުޅޭ އިދާރާތަކަށް އަންގައި، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އެތަކެތި އެބިންތަކުން ނަގައި، އެބިންތަކުގައި ހުރި އިމާރާތްތައް ތަޅާލައި ބިން ހުސްކުރާނެކަން އާންމުކޮށް އަންގަމެވެ. މިގޮތުން ބިމުގައި ހުރި ތަކެތި ހުސްކުރުމުގެ ތެރޭގައި އެތަނުން ނުގެންގޮސް ހުރި އެއްޗެއްސަށް ލިބޭ އެއްވެސް ގެއްލުމަކަށް މިކައުންސިލްގެ ފަރާތުން ޒިންމާ ނުވާނެ ވާހަކަ ދަންނަވަމެވެ.

                 09 ރަޖަބު    1442

                 21 ފެބުރުވަރީ 2021

21 ފެބުރުވަރީ 2021
ހޯދާ