ދިވެހިރާއްޖެ
ނަންބަރު: FNK/A/IUL/2021/65
ވަޒީފާގެ ފުރުޞަތު
ކުންފުނީގެ ގދ.ނަޑެއްލާއަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް ކޮންޓްރެކްޓް އުޞޫލުން (4 މަސް ދުވަހަށް) މީހުން ހޯދުމަށް ބޭނުންވެއެވެ.
ލޭބަރ (ސްކިލްޑް) |
މަޤާމް: |
09 (ނުވައެއް) |
ބޭނުންވާ އަދަދު: |
ގދ.ނަޑެއްލާ |
މަސައްކަތް ކުރަންޖެހޭތަން: |
ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން |
މުސާރަ: |
(ހ) މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. (ށ) ސިއްހަތު ރަނގަޅު ބުރަ މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން. (ނ) ބައެއް ހާލަތްތަކުގައި ރޭގަނޑުގެ ވަގުތުތަކުގައާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން. (ރ) ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން. (ބ) ހޮޅި ތެދުކޮށް ރަހަކޮށް ސީދަލައް އަޅަން އެނގުން. (ޅ) ސަލާމަތީ ކަންކަމަށް ބަލައިގެން މަސައްކަތް ކުރަން އެނގުން. (ކ) މަސައްކަތުގެ މާހައުލުގެ ކަންކަން އަމިއްލަ ވިސްނުމަށް ނަގައިގަނެ ހަވާލުކުރެވިފައިވާ މަސައްކަތުގެ ތެރެއިން އިތުރު އިރުޝާދެއް ނެތި އެ މަސައްކަތް ކުރަން އެނގުން. (އ) ހަރަކާތްތެރިކަމާއިއެކު މަސައްކަތް ކުރުމަށާއި ބަރު އެއްޗެހީގައި ހިފައި އުފުލުމަށާއި ހަވާލުކުރެވޭ މަސައްކަތްތައް ކުރުމަށް ސިއްހަތު ސަލާމަތުން ހުރުން. |
ފެންވަރު ނުވަތަ ޝަރުތު: |
(ހ) ގދ.ނަޑެއްލާ އިންޖީނުގޭގެ ނުނިމި ހުރި މަސައްކަތްތައް. (ށ) ސްޕަވައިޒަރގެ އިރުޝާދުގެ ދަށުން ހަވާލު ކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން. |
މަސްއޫލިއްޔަތު: |
(ހ) މަސައްކަތް ކުރަންޖެހޭ މާހައުލަކީ ރާއްޖޭގެ އާއްމު މޫސުމީ މާހައުލު. (ށ) މަސައްކަތުގެ ގިނަ ވަގުތަކީ ދުވާލުގެ ވަގުތުތައް ކަމުގައިވުމުން ގިނަ ވަގުތު އަވީގައި މަސައްކަތް ކުރަން ޖެހުމަކީ އެކަށީގެންވާކަމެއް. (ނ) މަސައްކަތުގެ މާހައުލަކީ ތަފާތު މެޝިނަރީ އާއި އާލަތްތައް ގެންގުޅޭ ތަނަކަށްވުމުން މަސައްކަތުގެ އާއްމު މާހައުލަކީ އަޑުގަދަ މާހައުލަކަށްވުން އެކަށީގެންވޭ. |
މަސައްކަތުގެ މާހައުލު:
|
ލޭބަރ (ނޮން ސްކިލްޑް) |
މަޤާމް: |
06 (ހައެއް) |
ބޭނުންވާ އަދަދު: |
ގދ.ނަޑެއްލާ |
މަސައްކަތް ކުރަންޖެހޭތަން: |
ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން |
މުސާރަ: |
(ހ) މަސައްކަތު އަތްމަތީ އާލަތްތައް ގެންގުޅެން އެނގުން. (ށ) ދެވޭ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުކަންދީ އެގޮތުގެ މަތިން މަސައްކަތް ކުރުން. (ނ) ޓީމަކާއިއެކު މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރި ފަރާތެއްކަމުގައިވުން. (ރ) ހަރަކާތްތެރިކަމާއިއެކު މަސައްކަތް ކުރުމަށާއި ބަރު އެއްޗެހީގައި ހިފައި އުފުލުމަށާއި ހަވާލުކުރެވޭ މަސައްކަތްތައް ކުރުމަށް ސިއްހަތު ސަލާމަތުން ހުރުން. (ބ) ހަރުގަނޑު ފަދަ ތަކެއްޗަށް އަރައި ކުރަންޖެހޭ މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން. |
ފެންވަރު ނުވަތަ ޝަރުތު: |
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ގދ.ނަޑެއްލާ ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 09:00 – 12:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް ނުވަތަ ގދ.ނަޑެއްލާ ބްރާންޗަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
އީމެއިލް އެޑްރެސް: [email protected]
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
9 ރަޖަބު 1442
21 ފެބްރުއަރީ 2021