ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އަންދާސީ ހިސާބު ބޭނުންވެއްޖެ

ގދ. މަޑަވެލި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމާއި، ބަނދަރު ބެލެހެއްޓުމާއި، ފަސޭހަ ޕޮއިންޓުން ފެން ފޯރުކޮށްދިނުމުގެ މަސައްކަތް އައުޓްސޯސްކޮށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ކައުންސިލް އިދާރާއިން މިމަސައްކަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުން، ކޮންމެ މަހަކު      -/8500ރ (އަށްހާސް ފައްސަތޭކަ ރުފިޔާ) އަށް ވުރެ ބޮޑުނުވާ ގޮތުގެމަތިން މިމަސައްކަތް ކޮށްދިނުމަށް ޝަވްޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށް ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާއަށް ޙާޟިރުނުވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިގަނެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ.

 

ތަން

ގަޑި

ދުވަސް

ތާރީޚް

 

މަޑަވެލި ކައުންސިލްގެ މީޓިން ރޫމް

13:00

އާދީއްތަ

28 ފެބްރުއަރީ 2021

މަޢުލޫމާތު ދިނުން

13:00

ބުރާސްފަތި

04 މާރޗް 2021

އަންދާސީ ހިސާބު ހުށަހެޅުން

    

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ފެބުރުވަރީ 2021
ހޯދާ