ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު

1442 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގައި ފަޤީރުންގެ ދަފުތަރު އަލުން އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދަނީ ކުރަމުންނެވެ. ވީމާ ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން 2021 މާރިޗް 21 ވަނަ ދުވަހުގެ 13:00 ގެ ކުރިން،  ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށައަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

  • ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށައަޅާފޯމް 2021 ފެބުރުވަރީ 21 ވަނަ ދުވަހުން ފެށިގެން މި އިދާރާއިން ލިބެން ހުންނާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ 2021 ފެބުރުވަރީ 21 ވަނަ ދުވަހުން ފެށިގެން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ފެށިގެން މެންދުރުފަހު 14:00 އާ ދެމެދުއެވެ.  
  • ·         ފޯމު ހުށައަޅާއިރު، ފޯމުގައި ފުރިހަމަކުރަންޖެހޭ ބައިތައް ރަނގަޅަށް ފުރިހަމަކުރުމަށާއި، ފޯމާއެކު ހުށައަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް ހަމަކުރުމަށް ސަމާލުކަން ދޭންވާނެއެވެ.
21 ފެބުރުވަރީ 2021
ހޯދާ