ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އަންދާސީ ހިސާބު ބެނުން ވެއްޖެ                 

   މިއަތޮޅުގައި  ލެބޯޓްރީގެ ޚިދުމަތް  ލިބެންނެތް  މިދަންނަވާ ސިއްހީމަރުކަޒުން  އެންމެގާތުން  ލެބޯޓްރީގެ  ޚިދުމަތް  ލިބެންހުރި މަރުކަޒަކަށް ސާމްޕަލްތައް ގެންގޮސްގެން ޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖައްސާ އެކަމާބެހޭ ދަތުރުތައް ކޮށްދިނުމަށް މިހާރު ހަވާކުރެވިފައިވާ ފަރާތުން  ކޮންޓްރަކްޓްގެ މުއްދަތު ހަމަނުވަނީސް އެމަސައްކަތް އެފަރާތުން ދޫކޮށްލާފައި ވާތީ  ހުކުރުދުވަސް  ފިޔަވާ  ކޮންމެ   ދުވަހަކު އެއްފަހަރު (ހުކުރުދުވަސް ނުވަތަ ސަރުކާރު ބަންދު ދުވަހެއްގައިވެސް  އެމަރުކަޒަކުން އެދިއްޖެނަމަ)6 (ހައެއް) މަސް ދުވަހުގެ  މުއްދަތަށް ލޯންޗްގައި މިމަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ 25 ފެބުރުވަރީ 2021  ވާ ބުރާސްފަތި  ދުވަހުގެ 12.00 އަށް މިހޮސްޕިޓަލަށް ނުވަތަ  ޚިދުމަތް ފޯރު ކޮށްދޭން  ކަނޑައަޅާފައިވާ ރަށް  ނ،ޅޮހީ ސިއްހީމަރުކަޒަށް  ވަޑައިގެން  މައުލޫމާތު ސާފު ކުރެއްވުމަށްފަހު   04 މާރިޗް 2021 ވާ ބުރާސްފަތިދުވަހުގެ 13.00 އަށް އަންދާސީ ހިސާބު  ހުށަހެޅުއްވުން އެދެމެވެ.  އަންދާސީ ހިސާބު ހުށަހަޅުއްވާނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި މަރުކަޒަކަށެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.

ދަތުރު ކުރަންޖެހޭ ގޮތް:

ޅޮހިން      މަނަދުއަށް

21 ފެބުރުވަރީ 2021
ހޯދާ