މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
އިންޓަރނެޓްގެ ޚިދުމަތް (1 އަހަރު ދުވަހުގެ މުއްދަތަށް )

1 އަހަރު ދުވަހުގެ މުއްދަތަށް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް 2021 މާރޗް 01 ވަނަ ދުވަހުން ފެށިގެން (1) އެއް އަހަރުގެ މުއްދަތަށް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ

މަޢުލޫމާތު ސާފުކުރުން

23 ފެބްރުވަރީ 2021 (އަންގާރަ)

ގަޑި 11:00

އަންދާސީ ހިސާބު ހުށަހެޅުން

25 ފެބްރުވަރީ 2021 (ބުރާސްފަތި)

ގަޑި 11:00

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3334333 ،3334327  ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected]އަށެވެ. 

 16 ފެބްރުވަރީ 2021

 

16 ފެބުރުވަރީ 2021
ހޯދާ