މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ލެބޯޓްރީ ޓެކްނޮލޮޖިސްޓް

މިނިސްޓްރީ އޮފް ހެލްތްގެ ދަށުން ހިނގަމުންދާ މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ކުރި ނަންބަރު (IUL)449/449/2021/2 އިޢުލާނަށް، އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް

މަޤާމުގެ ނަންބަރު

268946- J

ބޭނުންވާ އަދަދު

01

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

ލެބޯރެޓަރީ އެންޑް ރިސަރޗް ސަރވިސަސް ޑިވިޜަން / ޓީ.ޓީ.އައި އެންޑް އެންޓިބޮޑީ ސްކްރީނިންގ ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވިއަން ބްލަޑް ސަރވިސަސް، ކ. މާލެ

މަސައްކަތު ގަޑި

ހެނދުނު 08:00 އިން ރޭގަނޑު 08:00 އަށް (ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ދަންފަޅި އުސޫލުން މަސައްކަތްކުރާގޮތަށް)

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2500 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ސަޕޯރޓިންގ ކޯ އެލެވެންސް 2: 700/- ރުފިޔާ
  4. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ލެބޯރޓްރީ ސާމްޕަލްސް ނެގުން
  2. ތެލަސީމިއާ ސްކްރީން ކުރުމާއި ލެބޯރޓްރީގައި ހަދާ އެހެނިހެން ޓެސްޓްތައް ހެދުން
  3. ތެލަސީމިއާ ނަތީޖާ ދޫކުރުމާއި އޭގެ އިތުރު މަޢުލޫމާތު ފޯރުކޮށްދިނުން
  4. ލެބޯރޓްރީގައި ހަދާ ޓެސްޓްތަކުގެ ރިޕޯޓްތައް ތައްޔާރުކުރުން
  5. ބްލަޑް ބޭންކުން ފޯރުކޮށްދެވޭ ލެޔަކީ ރައްކާތެރި ލެއެއް ކަމުގައި ހެދުމަށް ކުރަންޖެހޭ ތަހުލީލުތައް ކުރުމާއި ޕްރޮސެސް ކުރުން
  6. ލެބޯރޓްރީން ނައްތާލަންޖެހޭ އެންމެހާ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުން
  7. ލެބޯރޓްރީ އިކުއިޕްމެންޓްސް ތަކުގެ މެއިންޓިނެންސް ހެދުން
  8. ބްލަޑް ކޭމްޕް ތަކާއި އެމ.ބީ.އެސްގެ ފަރާތުން އަތޮޅުތެރޭގައި ކުރިއަށް ގެންދާ ސުޕާވިޝަން ދަތުރު ތަކުގައި އަމަލީ ގޮތުން ބައިވެރިވުން
  9. ލޭ ހަދިޔާ ކުރުމާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކަން އިތުރުކުރުމާއި އަލަށް ލޭހަދިޔާ ކުރުމަށް އެދޭ ފަރާތްތައް އިތުރުކޮށް ދާއިމީ ގޮތެއްގައި ލޭހަދިޔާ ކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތަކުގައި އަމަލީ ގޮތުން އެހީތެރިވެ ދިނުން
    1. އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލު ކުރެވޭ އެންމެހާ ކަންތައްތައްކުރުން

މަޤާމުގެ ޝަރުތުތައް

  1. މެޑިކަލް ލެބޯޓްރީ ނުވަތަ މެޑިކަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުވެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް

ލެބޯޓްރީ ސަރވިސް

ތައުލީމީ ރޮނގުތައް

ބަޔޯމެޑިކަލް ލެބޯޓްރީ، ލެބޯޓްރީ ސައިންސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި މިސަރވިސަސްގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހައި ދުވަސް އެނގޭހޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުގަތުކައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން ( މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށައަޅަންވާނެއެވެ.)

(ރ) އުވާލާފައިވާ ދައުލަތުގެ އިދާރާއެއްގައި، އަމިއްލަ ކުންފުންޔެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހައި ދުވަސް އެނގޭހޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް (އެއް އިދާރާއެއްގެ ތަފާތު މަޤާމުގަތުކައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ  އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރަންސް ޗެކް ފޯމް.

  1. މުއްދަތު ހަމަނުވާ މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް އިން ދީފައިވާ ރެޖިސްޓްރޭޝަންގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަޤާމުގެ މަސައްކަތާއި ގުޅޭގޮތުން ދެވޭ އިމްތިހާން
  • މަޤާމްގެ މަސައްކަތައް ބޭނުންވާ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، މި ސަރވިސަސްގެ އީ-މެއިލް ([email protected]) އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އިމްތިހާން އޮންނާނީ، 03 މާރިޗު 2021 އާއި 25 މާރިޗު 2021 އާ ދެމެދު މޯލްޑިވިއަން ބްލަޑް ސަރވިސަސް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއު އަދި އިމްތިހާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 03 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 03 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3321085 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

21 ފެބުރުވަރީ 2021
ހޯދާ