ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު ( ފައިނޭންސް އޮފިސަރ)

އިޢުލާނު

 

މަޤާމު:

ފައިނޭންސް އޮފިސަރ 

މަޤާމުގެ ނަންބަރު:

J-307916

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލް އިދާރާ / ހދ. ނޭކުރެންދޫ

 ކޯޕަރޭޓް އެފެއާޒް ޔުނިޓް

މުސާރަ:

5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ދިވެހި ސިވިލް ސަރވިސް ޤަވާޢިދުގައި ވާގޮތުގެމަތިން ބަނދު ދުވަހެއްގައި ނުވަތަ އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ އިތުރުގަޑީގެ ފައިސާ ޢާއި، ރަމަޟާން މަހުގެ މުނާސަބަތުގައި ދޭ ޚާއްޞަ އިނާޔަތް ލިބޭނެއެވެ.

އަދި  ހަމަޖެހިފައިވާ އުޞޫލުގެ މަތިން ސަޕޯޓިންގ ކޯ އެލަވަންސުގެ ގޮތުގައި ކޮންމެ މަހަކު -/700  ރުފިޔާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި ލާމަރުކަޒީ ޤާނޫނާއި އަދި މާލީ ވުޒާރައިން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފައިސާއާއިބެހޭ އެންމެހައި ލިޔެކިޔުންތަކާއި ރިޕޯޓްތައް ތައްޔާރުކޮށް ބެލެހެއްޓުން،ކައުންސިލް އިދާރާގެ ބަޖެޓް ދުވަހުން ދުވަހަށް ސިސްޓަމްޓަމުން ނުވަތަ ފޮތްތަކުން ބާކީކޮށް ބެލެހެއްޓުމާއި، ކޮންމެ މަހެއް ނިމުމުން އެމަހެއްގެ ބަޖެޓް ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  2. .މާލިއްޔަތު ޤާނޫނާއި ޤަވާއިދު ގައިވާގޮތުގެ މަތިން ކައުންސިލް އިދާރާގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް ވަންނަ ފައިސާއާއި ޚަރަދުވާ ފައިސާގެ ރެކޯޑްތައް ސިސްޓަމުން ނުވަތަ ފޮތްތަކުން ބަލަހައްޓައި އެކައުންޓްތަކުގެ މަސްދުވަހުގެ ރިޕޯޓާއި އަހަރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  3. މާލިއްޔަތު ޤާނޫނާއި ޤަވާއިދު ގައިވާގޮތުގެ މަތިން ކައުންސިލް އިދާރާގެ ތިޖޫރީގެ ހަފްތާ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ބެލެހެއްޓުމާއި ދައުލަތަށް ލިބޭ އާމްދަނީ ފައިސާ ޤަވާއިދުން ޕަބްލިކް ބޭންކް އެކައުންޓަށް ޓްރާންސްފަރކޮށް ބެލެހެއްޓުން.
  4. ކުއްޔަށް ދޫކުރެވޭ ބިންބިމާއި ތަކެތީގެ ކުލި ޤަވާޢިދުން ނަގަމުން ގެންދިއުމާއި ކުއްޔަށް ދޫކޮށްފައިވާ ތަންތަނާއި ތަކެތީގެ ރަޖިސްޓްރީ ބެލެހެއްޓުން އަދި ބަޖެޓާއި ފައިސާއާއިބެހޭ މަސައްކަތްތަކުގެ ތެރެއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ޖެމްސް މެދުވެރިކޮށް ފޮނުވުން.
  5. ތިން (3) އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކޮށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި ހިނގާ އަހަރުގެ ކައުންސިލްގެ ބަޖެޓް އެ އަހަރު ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފާސްކުރުމަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި،ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުން 5 އަހަރު ދުވަހަށް އެކުލަވާލެވޭ ތަރައްޤީގެ ޕްލޭނަށް ބިނާކޮށްގެން ފައިނޭންޝަލް ޕްލޭން އެކުލަވާލާއި ޢާއްމުކުރުން.
  6. ކައުންސިލްގެ އަހަރީ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓް ތައްޔާރުކުރުމާއި ހުށަހަޅަންޖެހޭ ފަރާތްތަކަށް ޤަވާއިދުން ފޮނުވުމާއި ކައުންސިލްގެ އަހަރީ ރިޕޯޓާއި 6 މަސްދުވަހުގެ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިވެ ދިނުން.
  7. ކައުންސިލުންދޭ ޚިދުމަތްތަކާއި، ކައުންސިލް މެދުވެރިވެގެންދޭ ޚިދުމަތްތަކަށް، ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ފީ ބަލައިގަތުމާއެކު އެކަންކަން ޤަވާއިދުން ބެލެހެއްޓުމާއި ރައްޔިތުންގެ ޢިމާރާތްތަކާއި ތަންތަނާއި ތަކެއްޗާއި ބިންބިމުގެ ކުއްޔަށާއި ޚިދްމަތްތަކުގެ އަގަށް ލިބޭ ފައިސާގެ ހިސާބުތައް ކަނޑައެޅިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް ބަލަހައްޓާ ރިޕޯޓް ތައްޔާރުކުރުން.
  8. ކައުންސިލުން ދޭ ޚިދްމަތްތަކަށާއި ތަންތަނާއި ތަކެއްޗާއި ބިން ކުއްޔަށްދީގެން ލިބެންޖެހޭ ފައިސާއާއި ދައުލަތައް ލިބެންޖެހޭ އާމްދަނީ ފައިސާ ދައްކަމުން ގެންދޭތޯ ބަލައި ފައިސާ ނުދައްކާ ފަރާތްތަކުން ފައިސާ ހޯދުމާއި ފައިސާ ނުދައްކާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުން.
  9. ޚަރަދުތަކުގެ ރެކޯޑް ބަލަހައްޓައި ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ޤަވާއިދުން ފައިސާ ދެއްކުމާއި ކައުންސިލްގެ ބެލުމުގެ ދަށުން ލިބޭ ފައިސާގެ ދަފްތަރެއް ޤަވާއިދުން ލިޔެ ބެލެހެއްޓުން.
  10. ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލްގެ އަހަރީ ބަޖެޓް ސްޓޭޓްމަންޓް ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުމާއި ކައުންސިލްގެ ހުރިހާ އެކައުންޓެއްގެ ބޭންކް ރިކޮންސިލޭޝަން ސްޓޭޓްމަންޓް ކޮންމެ މަހަކު ތައްޔާރު ކުރުން.
  11. އެކިއެކި ފަންޑުތަކާއިބެހޭ ހިސާބުތައް ޤަވާޢިދުން ބަލަހައްޓައި ރިޕޯޓުތައް ތައްޔާރުކުރުމާއި ކައުންސިލްގެ ސެކްޝަންތަކަށް ބޭނުންވާތަކެތި ހޯދުން.
  12. ޕެންޝަން ކޮންޓްބިއުޝަން ފައިސާ ކޮންމެމަހަކު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ޖަމާކުރުމާއި މުދަލުޒަކާތާއި، ފިޠުރު ޒަކާތް ބަލައިގަތުމާއި، ޙަވާލުކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި އެކަމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  13. ފައިސާ ޚަރަދު ކުރުމުގެ މައުޗަރު މާލިއްޔަތު ޤަވާއިދާއެއްގޮތަށް ތައްޔާރުކޮށް ފައިސާ ހަވާލު ކުރުމަށް ޗެކް ހެދުމާއި، ކައުންސިލުން ފައިސާ ޚަރަދު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  14. ފައިސާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.
  15. ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައާއި އެހެނިހެން ޢިނާޔަތްތައް ދިނުމަށް ގަވާއިދާ އެއްގޮތަށް މަހުން މަހަށް ތައްޔާރުކުރަންޖެހޭ މުސާރަޝީޓްތައް ތައްޔާރުކޮށް، ފައިސާ ދޫކުރުމަށް ކަނޑައެޅިފައިވާ ތާރީޚުގައި މުވައްޒަފުންނަށް ދޫކުރުން.
  16. ކައުންސިލަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެކަންކަމުގައި އެހީތެރިވެދިނުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  17. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. އަދި ކައުންސިލްގެ އިދާރާގެ މަސައްކަތާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

މަޤާމުގެ ޝަރުޠުތައް:

  • ފައިނޭންސް ނުވަތަ އެކައުންޓިންގ، ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން .
  • މަގާމުގެ ކޯ ޑިސިޕުލިންގ : ފައިނޭންސް ، އެކައުންޓިންގ ، ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ބިޒްނަސް މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިޢުލާނުގެ ސުންގަޑި ހަމަވަންދެން ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމި ގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެ ބައިތައް

ޕޮއިންޓް

އިންސައްތަ

%

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމް

ލިބިފައިވާ ތަޢުލީމު

65

15

20

ޕްރިފަރޑް ޑިސިޕްލިންގެ ސެޓުފިކެޓް

5

5

މަސައްކަތުގެ ތަޖުރިބާ

މަޤާމްގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

20

10

10

ލިބިފައިވާ ހުނަރު

އިމްތިޚާނު / ޕްރެކްޓިކަލްސް

50

20

70

އިންޓަރވިއު

100

50

ޖުމްލަ

240

100

100

ނޯޓް: މަޤާމަށް އައްޔަންކުރެ ވޭނީ،ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %35 (ތިރީސްފަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މިޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ފެބުރުވަރީ25ވަނަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2120 ފެބުރުވަރީ 26 އާއި 2021 މާރިޗު 06 އާ ދެމެދު، ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެނޯޓިސްބޯޑުގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މިއިދާރާގެ ނަންބަރު  6520042  ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

21 ފެބުރުވަރީ 2021
ހޯދާ