ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުން

1442 ވަނައަހަރުގެ ފިތުރުޒަކާތާއި މުދަލު ޒަކާތް ބެހުމަށްޓަކައި ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމަށް ބޭނުންވާތީ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް، އެފުރުޞަތު މިއަދުން ފެށިގެން 2021 މާރިޗު 21 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 12:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ފަގީރުންގެ ދަފްތަރުގައި ރަގިސްޓްރީވުމަށް އެދޭ ފޯމްގައި ބޭންކްގެ ފަރާތުން ފުރިހަމަކުރަންޖެހޭ ބައެއް އޮތުމާއި، ފޯމް ހުށަހަޅާ ފަރާތުގެ (06 މަސްދުވަހުގެ) ބޭންކް ސްޓޭޓްމަންޓް ހުށަހަޅަން ޖެހުމަކީ ވަގުތު ބޭނުންވާނެ ކަމެކެވެ. ވީމާ، ކުރިން ދުރާލާ ވަގުތު އޮއްވައި ފޯމްގައި ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަކުރުމަށްފަހު، ފޯމް އާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތަކާއިއެކު ފޯމް ހުށަހެޅުމަށް ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ފެބުރުވަރީ 2021
ހޯދާ