ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ނަންނޯޓުކުރުމާބެހޭ

ފަޤީރުންގެ ދަފްތަރުގައި ނަންނޯޓް ކުރުމާއި ބެހޭ

1442 ވަނަ އަހަރުގެ ފިޠުރުޒަކާތް ބެހުމަށްޓަކައި މުޅިރާއްޖޭގެ ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާ ލުމުގެ މަސައްކަތް މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒުން ދަނީ ކުރައްވަމުންނެވެ. މިގޮތުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން 21 މާރިޗް 2021 ވަނަދުވަހުގެ 13.00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. މިމުއްދަތުގެ ފަހުން މިއިދާރާއަށް ހުށައަޅާފޯމް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. "ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" މިއިދާރާ އިން ލިބެން ހުންނާނެ އެވެ.

ވީމާ، މިކަން އެންގުމަށްޓަކައި ޢާއްމުކޮށް އިޢުލާންކުރީމެވެ. 

18 ފެބުރުވަރީ 2021
ހޯދާ