އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވައިލުން:

1442 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގެ ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމުގެ މަސައްކަތްތައް  މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަންނަނީ ކުރަމުންނެވެ. މިގޮތުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށައެޅުމުގެ ފުރުޞަތު 21 ފެބްރުވަރީ 2021 ން 21 މާރިޗް 2021 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފޯމް17 ފެބްރުވަރީ 2021 ން  ފެށިގެން މިކައުންސިލުން ލިބެން ހުންނާނެއެވެ.

ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ބަލައިގަތުން 21ފެބްރުވަރީ 2021 ން ފެށިގެން 21މާރޗް 2021ވަނަ ދުވަހުގެ މެންދުރުފަހު 13:00ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00އިން 13:00އަށް މިއިދާރާގައި ކުރިއަށް ދާނެއެވެ. މިމުއްދަތުގެ ފަހުން ހުށައަޅާ ފޯމާއި، ފޯމުގައިވާ މައުލޫމާތާއި ހުށައަޅަން ޖެހޭ ލިޔުންތައް ހަމަނުކޮށް ހުށައަޅާ ފޯމު ބަލައިނުގަނެވޭނެއެވެ.

                 މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ފެބުރުވަރީ 2021
ހޯދާ