މަޤާމް:
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ކްލެސިފިކޭޝަން:
|
ސީނިއަރ އޮފިސަރ (MS-1)
|
ބޭނުންވާ އަދަދު:
|
01
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން / ކ. މާލެ
|
އަސާސީ މުސާރަ:
|
-/6,700 ރުފިޔާ
|
ލިވިންގ އެލަވަންސް:
|
-/4,000 ރުފިޔާ
|
ނޮންޕްރެކްޓިސް އެލަވަންސް:
|
އަސާސީ މުސާރައިގެ %45 (-/3,015 ރުފިޔާ)
|
ރަސްމީ ގަޑި:
|
ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް
|
ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:
|
- ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައި ދެވޭނެއެވެ.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށް 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މިފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން. ނުވަތަ
- އޮފިސަރ ފެންވަރުގެ މަގާމެއްގައި 5 އަހަރު ދުވަހު މަސައްކަތްކޮށް މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ޖެހިޖެހިގެން 2 އަހަރު 85 އިން ސައްތަ މާކްސް ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ކޮމިޝަނުން ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ޤަވާޢިދުން ފައިސާދެއްކުމާގުޅޭ އެންމެހައި މަސައްކަތް ކުރުން.
- ކޮމިޝަނުން ރާއްޖޭން ބޭރަށާއި އަތޮޅުތަކަށް ކުރަންޖެހޭ ދަތުރުތަކަށް ބޭނުންވާ ފައިސާގެ އިންތިޒާމުތައް ހަމަޖެއްސުން
- ސެކްޝަނުގެ ވެރިޔާގެ އިރުޝާދާ އެއްގޮތަށް، ކޮމިޝަނުގެ ބަޖެޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ ދުވަހަށް ސިސްޓަމަށް އެޅުން
- ކޮމިޝަނުގެ އަހަރީ ފައިނޭޝަލް ސްޓޭޓްމަންޓް ތައްޔާރުކުރުމާއި، ކަނޑައެޅިފައިވާ ތާރީޚުތަކުގެ ކުރީން ކަމާބެހޭ އިދާރާތަކަށް ފޮނުވުން.
- ބަޖެޓުން ޚަރަދުކުރެވޭ ފައިސާގެ ރިޕޯޓްތައް ތައްޔާރުކޮށް، ރިކޮންސައިލްކޮށް ޤަވާއިދުން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ތިޖޫރީ ރިޕޯޓް ތައްޔާރުކޮށް، ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ފައިސާ ބަލައިގަތުމާއި ޖަމާކުރުމާއި ދުވަހު ހިސާބު ތައްޔާރުކުރުން.
- އާމްދަނީ ރިޕޯޓްތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ބެލެހެއްޓުން.
- ތިޖޫރީ ތަޅުދަނޑިއާއި ކޮމްބިނޭޝަން ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- ޕެޓީކޭޝް ފައިސާގެ ރެކޯޑް ބެލެހެއްޓުމާއި، ފައިސާ މެނޭޖް ކުރުން.
- އޮޑިޓާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- މަގާމުގެ މަސްއޫލިއްޔަތާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމް
- ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު. (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (ދެފުށުގެ ކޮޕީ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (މި ސެޓްފިކެޓްތަކާއެކު ޓްރާސްކްރިޕްޓުގެ ކޮޕީ ހުށަހަޅަންވާނެއެވެ.)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)
|
ސުންގަޑި:
|
- މިމަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2021 ފެބްރުއަރީ 25 (ބުރާސްފަތި) ދުވަހުގެ 14.00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
- ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަނުގެ ބައެއްވެސް ބަލައިނުގަނެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001343 ފޯނާ ގުޅުއްވުން އެދެމެވެ.
|