ދިވެހިރާއްޖެ
މަޤާމް: އެސިސްޓެންޓް އޮފިސަރ
ޑިޕާޓްމަންޓް: ކަސްޓަމަރ ސަރވިސް ސެންޓަރ /ފްރަންޓް އޮފީސް
ވަޒީފާގެ މުއްދަތު: 6 މަސް ދުވަސް
ތަޢުލީމާ ތަޖުރިބާ:
1. ސާނަވީ ނުވަތަ އެއާއި އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުންގެ މަޢުލޫމާތު ހޯދާ ސިސްޓަމަށް އެންޓަރކޮށް، އެމީހުންނަށް ބޭނުންވާ ޚިދުމަތްތަކުގެ މެމޯ ހަދާދީ، ފައިސާ ލިބެންޖެހޭ މެމޯއަށް ޚިދުމަތްދިނުމުގެ ކުރިން އެމީހުންއަތުން ފައިސާ ހޯދާ، ކްރެޑިޓް ކުރަންޖެހޭ މެމޯތައް ކްރެޑިޓް އެކައުންޓަތަކަށް ކްރެޑިޓްކޮށް ކޮޕީ މެމޯގައި އެކަންލިޔެ، ފައިސާއާއި މެމޯތަކުގެ ކޮޕީތައް ފަރުވާތެރިކަމާއެކު ބެލެހެއްޓުން.
2- ލިބޭ ފައިސާއާއި މެމޯތައް އަދި ކްރެޑިޓް މެމޯތަކާއި ރިޕޯޓްތައް އެއް ޑިއުޓީން އަނެއް ޑިއުޓީއަށް ފޮތުގައި ލިޔެ ހަވާލުކުރުމާއެކު އެންމެ އަވަހަށް ދިމާވާ ރަސްމީ ގަޑީގައި ފައިސާއާއި ބެހޭ ބަޔަށް ހުރިހާ ތަކެއްޗެއް ހަވާލުކުރުން.
3- ބަލިމީހުން އެޑްމިޓްކުރުމާއި ޑިސްޗާރޖްކުރުމުގެ މަސައްކަތްކުރުން.
4- ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ކަމޭހިތުމާއި އަޅާލުމާއި އޯގާތެރިކަމާއި ހިނިތުންވުމާއެކު މުޢާމަލާތުކޮށް ހޮސްޕިޓަލަށް އަންނަ ފޯނުކޯލުތަކަށް ޖަވާބުދިނުން.
މުސާރައާއި އިނާޔަތް :
މުސާރަ 4465.00 ރުފިޔާ
ސަރވިސް އެލަވަންސް: 1500.00 ރުފިޔާ
ރިސްކް އެލަވަންސް: 75.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)
ސަޕޯޓިންގ ކޯ އެލަވަންސް :700.00 ރުފިޔާ
ޝިފްޓް އެލަވަންސް: މެންދަމު 00:00 ން ހެނދުނު 06:00 ށް 45.00 ރުފިޔާ،ހެނދުނު 06:00ން މެންދަމު 00:00 ށް 25.00 ރުފިޔާ
ކުރިމަތިލުމުގެ ސުންގަޑި: 01 މާރިޗް 2021 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު.
- ސީވީ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
- އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ޕޮލިސް ރިޕޯޓް
ޚާއްޞަ ސަމާލުކަމަށް:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.