ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޗީފް އިންޓާރނަލް އޮޑިޓަރ

މަޤާމް :ޗީފް އިންޓާރނަލް އޮޑިޓަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                   

މަޤާމް

ޗީފް އިންޓާރނަލް އޮޑިޓަރ

އަސާސީ މުސާރަ

-/12,300ރުފިޔާ

އެލަވަންސްތައް:

-/4,000ރުފިޔާ

މަޤާމުގެ ރޭންކް

އީ އެކްސް 3

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އިންޓާރނަލް އޮޑިޓް

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ޕޯސްޓްގްރެޖުއޭޓް ޑިގްރީއެއް އޮތުމާއި މަދުވެގެން 2 (ދޭއް)  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއަކުން އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ދާއިރާގެ މިޑްލް މެނޭޖްމަންޓްގެ މަޤާމެއްގައި 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމަށް ބޭނުންވާ ހުނަރާއި ޤާބިލުކަން:

  • ކޯޕަރޭޓްގަވަނަންސައް އަހުލުވެރިވުން.
  • މާލިއްޔަތު ޤާނޫނަށް ރަންގަޅަށް އަހުލުވެރިވެފައިވުން.
  • ވަޒީފާގެ ޒިންމާތަކާއި ގުޅިގެން ނިންމަންޖެހޭ ކަންކަން ނިންމުމުގެ ޤާބިލްކަން.
  • ތަހުލީލީ ނަޒަރަކުން ވިސްނާ ފިކުރުކުރުމުގެ ޤާބިލުކަން.
  • ފައިނޭންޝަލް އަދި މެނޭޖްމަންޓު އޮޑިޓް ކުރުމުގެ ޤާބިލުކަން.
  • ރިސްކު މެނޭޖުކުރުމުގެ ޤާބިލުކަން.
  • ލީޑަރޝިޕް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޕަބްލިކް ސަރވިސް މީޑިއާގެ ޑިޕާރޓްމަންޓްތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް  އެކުލަވައިލައި، އެއާ އެއްގޮތަށް މޮނިޓަރިން ކުރިއަށްގެންދިއުން.
  • ކުންފުނީގެ އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓް އާއި ގުޅޭ މަސައްކަތްތަކުގައި މެނޭޖިންގ ޑިރެކްޓަރއާއި އޮޑިޓް ކޮމިޓީގެ ޗެއަރމަންއަށް ރިޕޯޓްކުރުން.
  • އިންޓަރނަލް އޮޑިޓްއާއި ގުޅޭ މަސައްކަތްތަކުގައި ކުންފުނީގެ އޮޑިޓް ކޮމެޓީއަށް ބޭނުންވާ އެންމެހާ މަޢުލޫމާތު ފޯރުކޮށްދިނުން.
  • ޕަބްލިކް ސަރވިސް މީޑިއާ ހިނގަމުންދާ ތަންތަނުގެ އެންމެހައި މަސައްކަތްތައް ކުރެވެމުންދަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތައްތޯ ބަލައި، އެކަންކަމުގެ ފީޑްބެކް ދިނުމާއި، ކަންކަން އިޞްލާޙުކުރުމަށް ގޮތްތަކެއް ހުށަހެޅުން.
  • ޕަބްލިކް ސަރވިސް މީޑިއާގެ ޑިޕާރޓްމަންޓްތަކާއި ޗެނަލްތަކުގެ އޮޑިޓް ހިންގުމަށްފަހު އިޞްލާޙުކުރަންޖެހޭކަމަށް ފާހަގަކުރެވޭ ކަންތައްތައް ފާހަގަކުރުމާއި، އިޞްލާޙު ކުރަންޖެހޭކަމަށް ފާހަގަކުރެވުނު ކަންތައްތައް އިޞްލާޙުކުރެވޭތޯ ބަލައި މެނޭޖިންގ ޑިރެކްޓަރަށް ރިޕޯރޓްކުރުން
  • އިޞްލާޙު ކުރަންޖެހޭކަމަށް ފާހަގަކުރެވުނު ކަންތައްތައް އިޞްލާޙުކުރެވޭތޯ ބަލައި މެނޭޖިންގ ޑިރެކްޓަރަށް ރިޕޯރޓްކުރުން.
  • ބަޖެޓް ފައިސާއާއި، ޚިދުމަތްތަކާއި ތަކެތި ހޯދުމުގެ އެންމެހައި މަސައްކަތްތައް، ކުންފުނީގައި ކަނޑައަޅައިފައިވާ ސިޔާސަތު ތާކައި އެއްގޮތަށް އަދި އޮޑިޓަރ ޖެނެރަލް ދެއްވާ ލަފާފުޅާ އެއްގޮތަށް ޢަމަލުކޮށްފައިވާ ގޮތް ބަލައި އޮޑިޓްކުރުމާއި، އޮޑިޓް ރިޕޯޓްތައް ތައްޔާރުކޮށް މެނޭޖިންގ ޑިރެކްޓަރަށް ހުށަހެޅުން.
  • މުވައްޒަފުންނާ ގުޅުންހުރި އެންމެހައި ކަންކަން، ޤާނޫނާއި ގަވާއިދުތަކާއި ކުންފުނީގެ ސިޔާސަތުތަކާއި އެއްގޮތައް ކުރިއަށްގެންދާ މިންވަރު ބެލުމަށް ބޭނުންވާ ކޮމްޕްލަޔަންސް އޮޑިޓް ހެދުން.
  • ޕަބްލިކް ސަރވިސް މީޑިއާގެ ނަޒާހަތްތެރިކަމުގެ ސިޔާސަތުގެ 7.1 ގައި ބަޔާންކުރާ އުސޫލުގެ މަތިން މުވައްޒަފުން ހުށަހަޅާ މައްސަލަތައް، މެނޭޖިންގ ޑިރެކްޓަރ ކަނޑައަޅާގޮތެއްގެ މަތިން ތަހުޤީޤު ކުރަންޖެހޭ މައްސަލަތައް ބެލުމުގައި އެހީތެރިވުން.
  • ޕަބްލިކް ސަރވިސް މީޑިއާގެ ޑިޕާރޓްމަންޓްތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް އެކުލަވައިލައި، އެއާ އެއްގޮތަށް މޮނިޓަރިން ކުރިއަށްގެންދިއުން
  • އެކްސްޓާރނަލް އޮޑިޓިންގ ގައި އެފަރާތްތަކަށް ދޭންޖެހޭ އެއްބާރުލުން ދިނުމާއި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • އިންޓާރނަލް އަދި އެކްސްޓާރނަލް އޮޑިޓިންގައި ފާހަގަކުރެވޭ ކަންކަން އިސްލާޙުކުރުމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލައި، ހަރުދަނާ ފޮލޯއަޕް ނިޒާމްއެއް ޤާއިމްކޮށް، އެއަށް އަމަލުކުރުން.
  • މިނޫންވެސް އިންޓަރނަލް އޮޑިޓާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
  • ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)

 

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 25 ފެބުރުވަރީ 2021 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000379، 3000364 އާއި ގުޅުއްވުން އެދެމެވެ.

 

                        05 ރަޖަބް 1442

18 ފެބުރުވަރީ 2021
ހޯދާ