މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ (ވަގުތީ)

މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މީހަކު ހޯދަންބޭނުން ވެއްޖެއެވެ.

  • މަޤާމް:                       އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ (ވަގުތީ)
  • ރޭންކް:                       ޖ.ީއެސް 04
  • ކްލެސިފިކޭޝަން:               އޮފިސަރ ގްރޭޑް 2
  • މަސައްކަތް ކުރަންޖެހޭ ތަން:         މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
  • މުއްދަތު:                      މަސައްކަތް ޙަވާލުކުރެވޭ ދުވަހުން ފެށިގެން 03 (ތިނެއް) މަަސްދުވަސް
  • މުސާރަ:                      217.33 (ދުއިސައްތަ ސަތާރަ ރުފިޔާ ތެއްތިރީސްލާރި) ރުފިޔާ މަސައްކަަތަށް ނިކުންނަ ކޮންމެ ދުވަހަކަށް      
  • ބޭނުންވާ ޢަދަދު:                 1 ( އެކެއް )

މަސްއޫލިއްޔަތާއި ވާޖިބުތައް:

 

  1. ރަށުގެ މުނިސިޕަލް މަސައްކަތްތައް ކުރުމުގައި މުނިސިޕަލް ސަރވިސް ސެކްޝަނަށް އެހީތެރިވުން.
  2. އޮފީހުން ބޭރަށް ފޮނުވާ ސިޓީ / މެސެޖް ފަދަ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން.
  3. ޒިންމާދާރުވެރިޔާ އަދި މުނިސިޕަލް ސަރވިސް ސެކްޝަންހެޑް ޙަވާލުކުރައްވާ މަސައްކަތް ކުރުން.
  4. ކައުންސިލުން ކުރިޔަށް ގެންދާ ހާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަންކުރުން.

ފެންވަރު ނުވަތަ ޝަރުތު:      

  1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. 'މަތީ ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން
  • ·         ފޯމް ހުށަހަޅަންވީ ތާރީޚާއި ތަން: 01 މާރިޗް 2021 ވާ ހޯމަަަ ދުވަހުގެ 12.00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދޭ ފޯމް ކެންދޫކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

މި ވަޒީފާއަށް އެއްފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ މީހަކު ހޮވުމުގައި އިސްކަންދޭނީ ތަޢްލީމީ ފެންވަރަށާއި މި އިދާރާއިން ކުރެވޭ އިންޓަރވިއުގެ ނަތީޖާއަށެވެ.

 

18 ފެބުރުވަރީ 2021
ހޯދާ