ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން މީހަކުނެގުން

އިޢުލާނު

 

މަޤާމު

މުދިމު

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން

މަޤާމުގެ ރޭންކު:

 ޖީ.އެސް 3

މަޤާމުގެ ކްލެސިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ލ.ދަނބިދޫ ކައުންސިލްގެ އިދާރާ (  މަސްޖިދުލް އިމާން މިސްކިތް)

މުސާރަ:

4465.00

ސަރވިސް އެލަވަންސް:

1500.00

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް 700:00

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1.   ކޮންމެ ނަމާދުވަގުތެއްގެ  ގަޑިޖެހުމުގެ 10 މިނެޓްކުރިން މިސްކިތަށް ގޮސް މިސްކިތުގެ ކަންތައްތައްމބަލާ ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދު ކުރުން.

 

  1. މިސްކިތަށް ލިބެމުންދާ ގެންލުންތަކާއި ދަތިވާ ކޮންމެކަމެއް ރަށުއޮފީހަށް އަންގައި އެކަން ރަނގަޅު ކުރެވޭތޯބެލުން.

 

  1. ރަމަޟާން މަހު  މިސްކިތުގައި އިމާމުވެ ތަރާވީޚް ނަމާދުކުރުން.

 

  1. މިސްކިތުގެ ސައުންޑު ސިސްޓަމް  ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ރަށުއޮފީހަށް އަންގައިގެން ޙައްލު ކުރުމަށް މަސައްކަތްކުރުން.

 

 

  1. ރަށުކައުންސިލުން ނުވަތަ ރަށުގެ ވެރިން އަންގަވައިފި ހިދެއްގައި މިސްކިތުގައި ކުރަންޖެހޭ ކަށުނަމާދު ކުރުމާއި،މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުމާއި އިމާމުވެ ކޭތަނަމާދުކުރުމާއި ޚުކުރު ނަމާދުކުރުން.

 

  1. މިސްކިތުގައި މަސައްކަތުމީހުން މަސައްކަތްކުރާ ނުކުރާގޮތްބަލާކައުންސިލްއިދާރާއިން އަންގާ ގޮތެއްގެ މަތީން އެމީހުން ލައްވާ މަސައްކަތް ކުރުވުން.

 

 

  1. މިސްކިތުގެ އިމާމަކު ކައުންސިލް އިދާރާއަށް ނިކުމެ ސޮއި ކޮށްފައިވަނިކޮށް، ހަމައެދުވަހު އިމާމު މީހާއަށް ކަމެއްދިމާވެގެން މިސްކިތަށް ދިއުމަށް އުޒުރޒވެރި ވެއްޖެނަމަ އެދުވަހުގެ ބާކީއޮތް ބަޔަށް މިސްކިތަށް އިމާމަކު ހަމަޖެއްސުމަކީ މިސްކިތްހަވާލުކޮށްފައިވާ އިމާމު މީހާގެ ޒިންމާއެކެވެ.މިގޮތުން ހަވާލުކުރައްވާ އިމާމަކީ ތަޖުވީދުމަގުން ޤުރުއާން ކިޔަވަން އެނގޭ މީހަކަށްވުމާއި،ރީތިކޮށް ބަންގި ގޮވަންދަންނަ މީހަކު ކަމުގައި ވާންވާނެވއެވެ.( އަދި މިކަން ރަށުކައުންސިލަށް އެންގެވުން އެދެމެވެ.)

 

  1. ވަގުތީގޮތުން މިސްކިތްތަކާއި ހަވާލުވެފައިވާ އިމާމުންވެސް ރަސްމީ ދުވަސްތަކުގައި 14:00 ކުރިން ސޮއި ކުރަންވާނެއެވެ.

 

 

  1. މިސްކިތު މަސައްކަތު މީހާ ޚާޟިރުނުވާ ވަގުތެއްގައިނަމަ މިސްކިތު އިމާމު/މުދިމު މިސްކިތުގެ ތެރެ ސާފުކުރުމާއި ނަމާދުކޮށް ނިމިގެން ދަމުން ބޮކި،ހޮޅިބުރި އާއި ފަންކާ ނިންވުމާއި،މިސްކިތުގެ ދޮރުތައް ލެއްޕުން.
  2. މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕްރޮގްރާމުތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމު ތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.

 

  1. މިސްކިތު ގޯތިތެރޭގައި ގަސްއިންދާ ގަސްތަކަށް ފެންދީ ބެލެހެއްޓުވުމުގެ ކަންތައްކުރުވުން.

 

  1. މިސްކިތާބެހޭގޮތުން ރައްޔިތުން ކުރާ ޝަކުވާގެ އަޑުއަހާ އެޝަކުވާތައް ކައުންސިލްގެ އިދާރާ އަށް ހުށަހަޅާގެން ހައްލުކުރުމަށް މަސައްކަތް ކުރުން.

 

 

 

  

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ''ގްރޭޑް ލިބިފައިވުމާއެކު،އޭގެ އިތުރުން ސެކަންޑަރީ ސްކޫލް'ނުވަތަ' ހަޔަރ ސެކަންޑަރީ ސްކޫލް'ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ'ގްރޭޑް ލިބިފައިވުން.
  2. ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 3 ނުވަތަ 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިއުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249)ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ  ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ ނުވަތަ އަމިއްލަ އިދާރައެއްގައި ،ނުވަތަ ޤައުމި ނުވަތަ ބައިނަލްއަޤުވާމީ ޖަމިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒިފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެއްނަމަ،ވަޒީފާ އަދާކުރިގޮތް އަންގާދޭ ރެފަރެންސް ޗެކް ފޯމް.

  

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެ ބައިތައް

ޕޮއިންޓް

އިންސައްތަ (%)

ކެޓެގަރީގެ ޖުމުލަ އިންސައްތަ

ތަޢުލީމު

ލިބިފައިވާ ތަޢުލީމު

35

15

15

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

20

10

10

ލިބިފައިވާ ހުނަރު

އިމްތިޙާން/ޕްރެކްޓިކަލްސް

50

25

75

އިންޓަރވިއު

100

50

ޖުމުލަ

205

100

100

 

މަޤާމަށް އެދެންވީ ގޮތާއި  ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ފެބުރުވަރީ 2021 ދުވަހުގެ 14:00 ގެ ކުރިން ހައްދުނަމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި  ލިޔުންތައް އީ- މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ  ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ،އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

މިވަޒީފާއަށް  އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ  ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް  ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ،އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކުމހޮވުމަށް ބޭއްވޭ އިންޓަވިއު ( އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ ،އެ ބައި ވެސްހިމެނުން) އޮންނާނީ 28 ފެބުރުވަރީ 2021 އާއި 06 މާޗް 2021 އާ ދެމެދު، ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ ގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓް (A2  ފޯމު))"އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ފޯނު ނަންބަރު 6800724 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑު ތަކާއި އުޞޫލުތައް އަދި އެ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usool) އިން ލިބެން ހުންނާނެއެވެ.

  

17 ފެބުރުވަރީ 2021

17 ފެބުރުވަރީ 2021
ހޯދާ