މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ހާޑްވެއަރ، ނެޓްވޯކިންގް އަދި ޕްރޮގްރާމިންގް ކޯހަށް ބޭނުންވާ ތަކެތި ގަތުމަށް ބޭނުންވެއްޖެ - އިތުރު މައުލޫމާތު އަދި މުއްދަތު އިތުރުކުރުން

 މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

 

އިއުލާން ނަމްބަރު: (IUL)475-PMU/475/2021/69

އިއުލާން

 ކޮމްޕިއުޓަރ ހާޑްވެއަރ، ނެޓްވޯކިންގް އަދި ޕްރޮގްރާމިންގް ކޯހަށް ބޭނުންވާ ތަކެތި ގަތުމަށް ބޭނުންވެއްޖެ - އިތުރު މައުލޫމާތު އަދި މުއްދަތު އިތުރުކުރުން

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހާންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން މޯލްޑިވްސް ޕޮލިޓެކްނިކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކޮމްޕިއުޓަރ ހާޑްވެއަރ، ނެޓްވޯކިންގް އަދި ޕްރޮގްރާމިންގް ކޯހަށް ބޭނުންވާ ތަކެތި ގަނެދޭނެ ފަރާތެއް ބޭނުންވެގެން11  ފެބްރުއަރީ 2021ގައި ކުރެވުނު (IUL)475/475/2021/60 ނަންބަރު އިއުލާނާއި ގުޅިގެން ސްޕެސިފިކޭޝަނަށް ބަދަލުގެނެވިފައިވާތީ ކޯޓޭޝަން ހުށައެޅުމުގެ މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00އަށް ފެން ބިލްޑިން، ދެވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބިޑް އުސޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ކޯޓޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ކޯޓޭޝަން އުސޫލު:

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ (ބަދަލުގެނެވިފައިވާ) ކޯޓޭޝަން އުސޫލު އަދި މައުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި ކޯޓޭޝަން އުސޫލުގައި ހުރިހާ މައުލޫމާތެއް އެކުލެވިފައިވާނެއެވެ. ކޯޓޭޝަން އުސޫލު [email protected]  އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

މައުލޫމާތު ސާފުކުރުން:

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ހުށަހަޅުއްވާ އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

އެޓެންޝަން: އަފާފް މުހައްމަދު، ސީނިއަރ ޕުރޮކިޔުމަންޓް ސެޕްޝަލިސްޓް

ފެން ބިލްޑިންގް، 2 ވަނަ ފަންގިފިލާ

އަމީނީ މަގު، މާލެ

އީމެއިލް : [email protected]    ފޯން: 3026975/3026982

 

 

17 ފެބުރުވަރީ 2021
ހޯދާ