ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލުން

 

            1442 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބެހުމަށްޓަކައި ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމުގެ މަސައްކަތް ކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ނިންމާފައިވާތީ ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ، 21 މާރިޗް 2021 ވާ އާދީއްތަ ދުވަހުގެ 13:00 އާއި ހަމައަށް ހުޅުވާލަމެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް 17 ފެބުރުވަރީ 2021 އިން ފެށިގެން މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ފޯމް ދޫކުރުމާއި ބަލައިގަތުގެ މަސައްކަތް 17 ފެބުރުވަރީ 2021 އިން 21 މާރިޗް 2021 ވަނަ ދުވަހުގެ 13:00 އާ ހަމައަށް މިއިދާރާގައި ކުރިޔަށްދާނެއެވެ. ފޯމު ހުށަހަޅާއިރު ފޯމުގައިވާ މައުލޫމާތާއި ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ފެބުރުވަރީ 2021
ހޯދާ