އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އަށް އިންތިޚާބުވެފައިވާކަން އިޢުލާންކުރުން - ހއ. ތުރާކުނު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑީގެ މެންބަރު

ނަންބަރު: IUL)38-CA/38/2021/47)

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020

ޤާނޫނު ނަންބަރު: 3/2020 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020)ގެ 3 ވަނަ މާއްދާގެ (ށ) އިން ލިބިދޭ އިޚްތިޔާރުގެ ދަށުން

ހއ. ތުރާކުނު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑީގެ މެންބަރު ކަމަށް ކުރިމަތިލާފައިވާ އަންނަނިވި ކެނޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

 

ކެނޑިޑޭޓު ނަންބަރު

ނަމާއި ދާއިމީ އެޑްރެސް

ކުރިމަތިލާފައިވާ ޙައިޘިއްޔަތު

ކެނޑިޑޭޓު ނަންބަރު 5

ރަޙީމާ ޢަބްދުއްރަޙްމާން، ހިކިފިނިފެންމާގެ / ހއ. ތުރާކުނު

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

ކެނޑިޑޭޓު ނަންބަރު 7

ސަމީރާ ޖަލީލް، ނޫރަންވިލާ / ހއ. ތުރާކުނު

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

 

އިސްވެ ދެންނެވުނު ކެނޑިޑޭޓުން ނަން އަނބުރާ ގެންދިޔުމުގެ ސަބަބުން، ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ

24 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަންނަނިވި ކެނޑިޑޭޓުން ވަނީ ހއ. ތުރާކުނު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑީގެ މެންބަރު ކަމަށް އިންތިޚާބުވެފައެވެ.

 

ކެނޑިޑޭޓު ނަންބަރު

ނަމާއި ދާއިމީ އެޑްރެސް

ކުރިމަތިލާފައިވާ ޙައިޘިއްޔަތު

ކެނޑިޑޭޓު ނަންބަރު 6

ޙުސްނާ އިބްރާހީމް، މާޖެހިގެ / ހއ. ތުރާކުނު

އަމިއްލަގޮތުން

ކެނޑިޑޭޓު ނަންބަރު 8

މަރްޔަމް ފަރުޝާ، ވައިޖެހޭގެ / ހއ. ތުރާކުނު

އަމިއްލަގޮތުން

 

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

04 ރަޖަބު 1442

 

 

 

16 ފެބުރުވަރީ 2021
ހޯދާ