މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ވަޒީފާގެ ފުރުސަތު

މަޤާމް:

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

މުއްދަތު:

6 މަސްދުވަސް

ސެކްޝަން/ ޑިވިޝަން

ފައިނޭންސް އެންޑް ބަޖެޓް ސެކްޝަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޭނުންވާ އަދަދު:

3

ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުނަރުވެރިކަން:

ވަޒީފާއަށް މީހަކު ހޮވުމުގައި ތިރީގައިމިވާ ހުނަރު ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ:

- ޙާސިލް ކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން

- ވަޒީފާއާއި ގުޅޭ ދާއިރާ " ފައިނޭންސް އެންޑް އެކައުންޓިންގ " އިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލްކަން ކަށަވަރު ކުރުމަށް އިމްތިހާން އަދި އިންޓަރވިއުކޮށްގެން

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ރާއްޖޭގައި މަސައްކަތް ކުރަން ގެންނަ ބިދޭސީންގެ ޑިޕޮސިޓް ފައިސާއާއި ބެހޭ އިދާރީ މަސައްކަތް ކުރުން.

- ފައިނޭންސް އަދި ބަޖެޓް ސެކްޝަންގެ އިދާރީ މަސައްކަތް ކުރުން.

މުސާރައާއި އިނާޔަތްތައް: 

އަސާސީ މުސާރަ: -/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް: -/700 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35

 

ކުރިމަތިލުމުގެ ސުންގަޑި:

މި ވަޒީފާއަށް ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 2021 ފެބްރުއަރީ 22 ވާ ހޯމަ ދުވަހުގެ 12:00 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި ދިވެހިރާއްޖޭގެ ބާރ ކައުންސިލްގެ ޤަވާއިދު ނަންބަރު R-1067/2019 "އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖެހުމާބެހޭ ޤަވާއިދު" އާއި އެއްގޮތަށް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ، މި މިނިސްޓްރީގެ ހިއުމަން ރިސޯސް ސެކްޝަނަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ[email protected] އީމެއިލްއަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00 – 8:00 ދެމެދު 3323668 ފޯނަށް ގުޅުއްވައި ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

16 ފެބުރުވަރީ 2021
ހޯދާ