މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު އަލުން ހުޅުވާލުން

އިޢުލާން

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު އަލުން ހުޅުވާލުން

1442 ވަނަ އަހަރުގެ ފިޠުރުޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގެ ފަޤީރުންގެ ދަފުތަރު އަލުން އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީން އޮފް އިސްލާމިކް އެފެއާޒުންދަނީ ކުރަމުންނެވެ. ގޮތުން ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީން އޮފް އިސްލާމިކް އެފެއާޒުން ވަނީ 16 ފެބްރުއަރީ 2021 އިން 21 މާރޗް 2021 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލާފައެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް 16 ފެބްރުއަރީ 2021 އިން ފެށިގެން މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:00 އަށެވެ. ފޯމް ދޫކުރުމާއި ބަލައިގަތުމުގެ އެންމެ ފަހުތާރީޙަކީ 21 މާރޗް 2021 ވާ އަދީއްތަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

04 ރަޖަބު 1442

16 ފެބުރުވަރީ 2021
ހޯދާ