ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވާން އެދޭފަރާތްތަކަށް ފުރުސަތު ހުޅުވާލުމާއި ބެހޭ

ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވާން އެދޭފަރާތްތަކަށް ފުރުސަތު ހުޅުވާލުމާއި ބެހޭ

          1442 ވަނަ އަހަރުގެ ފިތުރު ޒަކާތް ބެހުމަށްޓަކައި ރާއްޖޭގެ ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާމުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއިން ދަނީ ކުރައްވަމުންނެވެ.  އެހެންކަމުން މި ރަށުގައި ފަޤީރުންގެ ދަފްތަރުގައި އަލުން ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެކަމަށްއެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު 21 ފެބުރުއަރީ 2021 އިން ފެށިގެން 21 މާރޗް 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީންވާން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުން:

           ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކަށް ފޯމުދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ: 16 ފެބުރުއަރީ 2021 އިން ފެށިގެން 21 މާރޗް 2021 އަށް ރަސްމީބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން  13:00 އަށެވެ. ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފޯމް" ފުރުއްވުމަށްފަހު 21 މާރޗް 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. އަދި މިފޯމު މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.   

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

             16 ފެބްރުއަރީ 2021

 

 

16 ފެބުރުވަރީ 2021
ހޯދާ