މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިޢުލާން

މި މިނިސްޓްރީ މެދުވެރިވެގެން ސްކޮލަރޝިޕް ފުރުޞަތުތަކުގައާއި މަތީ ތަޢުލީމާއި ތަމްރީނަށްދޭ ލޯނު އެހީ އަދި އަމިއްލަ ޚަރަދުގައި ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ތިބި ދަރިވަރުން ކޯވިޑް19 ގެ ވެކްސިން 2 ޑޯޒް ފުރިހަމަކުރުމަށްފަހު އެނބުރި ރާއްޖޭން ބޭރަށް ދިއުމަށް މި މިނިސްޓްރީ ގައި ދަނީ އެދެމުންއެވެ.
ވީމާ، އެނބުރި ކިޔަވަން ދިއުމުގެ ކުރިން ދެންނެވިފައިވާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު 4-6 ހަފުތާ
(މަދުވެގެން 4 ހަފްތާ) ހަމަކޮށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެ މުއްދަތު އޮތް ދަރިވަރުން ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކޮށް
މި މިނިސްޓްރީގައި ރެޖިސްޓްރީވުން އެދެމެވެ.

https://forms.gle/KersAznoVUjqvDii7

16 ފެބުރުވަރީ 2021
ހޯދާ